ޝަންހާއީ ކޮމްޕޮޒިޓް އިންޑެކްސްގެ އަގުތައް އަށެއް އިންސައްތަ ވެއްޓިފައި ވާއިރު، މިއީ ހަތަރު އަހަރުގެ ތެރޭގައި މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ހިއްސާގެ އަގުތައް ވެއްޓުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ މުދަލާއި ގުޅުން ހުރި ކުންފުނިތަކަށެވެ. ނަމަވެސް ސިއްހީ ހިދުމަތާ ގުޅުން ހުރި ކުންފުނިތަކުގެ އަގު ވަނީ މައްޗަށް ޖެހިފަ އެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ޗައިނާގެ އިގްތިސާދަށް ކުރާނެ އަސަރު ކުޑަ ކުރުމަށް މިއަދުން ފެށިގެން ކުއްލި ފިޔަވަޅުތަކެއް އެޅުމަށް އެގައުމުގެ މަރުކަޒީ ބޭންކުން ވަނީ ނިންމާފަ އެވެ.
ޕީޕަލްސް ބޭންކް އޮފް ޗައިނާއިން ވަނީ ކުރު ރާސްތާގެ އިންޓްރެސްޓު ރޭޓުތައް ކުޑަކޮށް، އިތުރު 22 ބިލިއަން އެމެރިކާ ޑޮލަރު އިގްތިސާދުގެ ތެރެއަށް ޕަމްޕުކޮށްފަ އެވެ.