ads
އަލީ އަޝްފާގު
ދައްކަންޖެހޭ 5 ލައްކަ ރުފިޔާ ދެއްކުމުން އަޝްފާގުގެ މައްސަލަ ނިންމާލައިފި
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ދައްކައި ހަލާސް ކުރުމުން ސިވިލް ކޯޓުން މައްސަލަ ނިންމާލައިފި އެވެ.

މި މައްސަލައަކީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން އަޝްފާގުގެ އެދުމަށް މއ.ގޯލްޑަން ސްކައިގައި ހަރުކޮށްފައިވާ ލިފްޓް ހަރު ކުރުމަށާއި, ޓެސްޓު ކުރުމަށާއި, ލިފްޓް ބެހެއްޓުމުގެ ކަންކަމަށް ދައްކަންޖެހޭ އަގުތަކާއި ފީތަކުގެ ގޮތުގައި ނުދައްކައި ވާ 540,250/49 ރުފިޔާ އަޝްފާގުގެ ކިބައިން އެއްފަހަރާ ހޯދުމަށް އެދި ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ދައުވާކުރި މައްސަލައެކެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ މި މައްސަލައިގައި ދައްކަންޖެހޭ ފައިސާ އަޝްފާގުގެ ފަރާތުން ދައްކާ ހަލާސްކޮށްފައިވާތީ, މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް ދިނުމަށް ކޮންޓެކްގެ ބަދަލުގައި މި މައްސަަލައިގައި ކޯޓަށް ހާޒިރުވުމަށް ހަމަޖައްސާފައިވާ ދަ ލިޓިގަންޓްސް (އެލްއެލްޕީ) އިން ސިވިލް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. 

ހަމައެހެންމެ ދައުވާކުރާ ފަރާތުން ދައުވާ ބާތިލްކުރަން އެދިއްޖެ ހާލަތެއްގައި ދައުވާ ފޯމު ބާތިލު ކުރެވިދާނެކަމަށް ޝަރީއަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގެ ހަވަނަ ނަންބަރުގެ  15 ވަނަ މާއްދާގެ ހަތަރުވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެ ގޮތުން ސިވިލް ކޯޓުން މިއަދު ހުކުމް ކުރީ މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.

30%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް