ads
ސެލީނާ އޭނާގެ ފިރިމީހާއާއެކު
ސެލީނާގެ އެންމެ ހިތްދަތި ދުވަސްތައް ހާމަކޮށްފި
މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޯމޭޒް، އޭނާގެ ފިރިމީހާ، ޕްރޮޑިއުސަރު ބެނީ ބްލޭންކޯ އާއެކު، ރެއާ އިމްޕެކްޓް ފަންޑްގެ ހާއްސަ ހަފްލާއަކުން ފެނިގެން ހިނގައްޖެއެވެ.
Advertisement

މިއީ ސެލީނާގެ ރެއާ ބިއުޓީ ބްރޭންޑުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދިނުމެވެ.

މި ހަފްލާގެ ތެރެއިން، ޕީޕަލް މެގަޒިންއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސެލީނާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި، ހާއްސަކޮށް ނަފްސާނީ ގޮތުން އެންމެ ރަނގަޅު ނޫން ދުވަސްތަކުގައި އަމިއްލަ ނަފްސަށް އަޅާލާ ގޮތުގެ ބައެއް ސިއްރުތައް ހިއްސާކޮށްފައެވެ. ސެލީނާ އަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަކާލާތުކުރަމުން އަންނަ ފަންނާނެއްކަން ފާހަގަކޮށްލެވެއެވެ.

ސެލީނާ އާއި ބެނީ ވަނީ މިދިޔަ އަހަރު އެމީހުންގެ ގުޅުމުގެ ވާހަކަ އާންމުކޮށްފައެވެ. އަދި މިފަދަ މުހިންމު ހަރަކާތެއްގައި އެ ދެމީހުން އެކުގައި ބައިވެރިވުމަކީ، އެކަކު އަނެކަކަށް ދޭ އިތުބާރާއި ލޯބި ދައްކުވައިދޭ ކަމެއްގެ އިތުރުން، މުޖުތަމައުއަށް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް