ads
ރައީސް މުއިއްޒު ސ. މީދޫގައި އެމްއައިބީ އޭޓީއެމް ހިދުމަތް ފަށައިދިނުން
ސ. މީދޫއަށް އެމްއައިބީގެ އޭޓީއެމް ހިދުމަތް ތައާރަފްކޮށްފި
ސ. މީދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
Advertisement

މި ހިދުމަތް އިފްތިތާހު ކޮށްދެއްވާފައިވަނީ ރައީސް ސ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ހިދުމަތް ފައްޓަވައިދެއްވުމަށް މީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ އާއި، މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ބައިވެރިވެވަޑައިގެންނެވި އެވެ. މި އާ އޭޓީއެމްގެ ސަބަބުން މީދޫގެ ރައްޔިތުންނަށް ބޭންކިންގެ ހިދުމަތްތައް ލިބުމުގައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ އެވެ.

ރާއްޖޭގެ ރަށްތަކަށް އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ކުރިން ބައެއް ރަށްރަށުގައި އެއްވެސް ބޭންކެއްގެ އޭޓީއެމް ހިދުމަތް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް މިކަމުގެ ސަބަބުން ހައްލެއް ލިބިގެންދާނެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް