ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދަނީ
މާލޭގެ ކެފޭތަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި ފަސް މީހަކު ހިފަހައްޓައިފި
މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ފަސް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
Advertisement

މި އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ މާލޭގައި ހިންގާ ވިޔަފާރިތަކަށް، ހާއްސަކޮށް ކެފޭތަކަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަނުގެ މައިގަނޑު މަގުސަދަކީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ދެނެގަނެ ފިޔަވަޅު އެޅުމެވެ. މިގޮތުން އިއްޔެ ކުރިއަށް ގެންދިޔަ މަސައްކަތުގައި މާލޭގައި ހިންގަމުން އައި އަށް ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. އެ ފަސް މީހުން ހިފަހައްޓާފައިވަނީ މި ފާސްކުރުމުގެ ތެރެއިންނެވެ.

ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކޮށްފައެވެ. އަދި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއެއްގައި ހިމަނައި، ބިދޭސީންގެ މައްސަލަތަކަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދާއިމީ ހައްލެއް ގެނައުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް