ads
އެއާ އޭޝިއާގެ ބޮޑު ކޮރަޕްޝަން މައްސަލައެއް ބަލަން ފަށައިފި
ފްލައިޓު އުފައްދާ ކުންފުނި، އެއާބަސް އިން އޭޝިއާގެ އެންމެ ބޮޑު ބަޖެޓު އެއާލައިން، އެއާ އޭޝިއާއަށް 50 މިލިއަން ޑޮލަރުގެ ރިޝްވަތު ދިން ކަމަށް ކުރެވޭ ތުހުމަތު އެއާ އޭޝިއާއިން ދޮގުކޮށްފި އެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނީ އެއާބަސް ކުންފުންޏާ ދެކޮޅަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ހަތަރު ބިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމާ އެކުއެވެ. 

މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލަން ފެށުމާއެކު އެއާ އޭޝިއާގެ ހިއްސާގެ އަގުތައް ވަނީ 11 އިންސައްތަ ވެއްޓިފަ އެވެ.

އެކި ކުންފުނިތަކަށް ރިޝްވަތު ދީގެން އެއާބަސްގެ ބޯޓުތައް ވިއްކި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން، ކޯޓުން ބޭރުން ހައްލެއް ހޯދައި، ޖޫރިމަނާ ދައްކާފައި ވަނީ ވަނީ ހުކުރު ދުވަހު އެވެ. 

ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާއިން ވެސް ވަނީ އެއާބަސްއާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކޮށްފަ އެވެ. އެކަމަކު އެއާ އޭޝިއާއިން ބުނީ އެ ކުންފުންޏާ އެއާބަސްއާ ގުޅުވައިގެން ފަތުރަނީ ދޮގު ވާހަކަ ކަމަށެވެ. 

މެލޭޝިއާ އާއި އިނގިރޭސިވިލާތް ގުޅިގެން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އެއާ އޭޝިއާއިން ވަނީ ބުނެފަ އެވެ. 

މި މައްސަލަ ފެންމަތިވެފައި މި ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން އެއާ އޭޝިއާގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް