އަދާ ރާއްޖެ އައިސްފައިވަނީ އޭނާގެ ރަހުމަތްތެރިއަކާ އެކުގައެވެ. ކަނޑިމާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އަދާ އަންނަނީ އިންސްޓަގުރާމު މެދުވެރިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަގޮތުގެ ފޮޓޯތައް ހިއްސާކުރަމުންނެވެ.
އުމުރުން 30 އަހަރުގެ އަދާ ވަނީ ގިނަ ޓީވީ ޝޯތަކުން ފެނިގެންގޮސްފައެވެ. އެގޮތުން އޭނާ ފެނިގެންދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި "ނާގިން" އާއި "ބެހެނޭ" އާއި "ޕިޔާ ބަސަންތީ ރޭ" އަދި "އަމްރިތު މަންތަން" ހިމެނެއެވެ.