ads
ދަގަނޑޭ ގައުމީ ޓީމުގެ މެޗެއްގައި
ދަގަނޑޭ ބާކީކޮށް ގައުމީ ޓީމު ޕްރެކްޓިސް ފަށައިފި
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ބާކީކޮށް، ގައުމީ ޓީމުގެ ޕްރެކްޓިސް ފަށައިފިއެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުމަށް ފަހު އެފްއޭއެމުންވަނީ ޓީމު އިއުލާންކޮށްފައެވެ.
Advertisement

ގައުމީ ޓީމު އިއުލާން ކުރިއިރު، މި އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގެ ފަހުން ރަސްމީ އެއްވެސް މެޗެއް ނުކުޅޭ ރާއްޖޭގެ އެއްވަނަ ފޯވާޑު އަލީ އަޝްފާގެއް ޓީމަކު ނެތެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދަގަނޑޭ ޓީމުގައި ނެތީ އަނިޔާގެ ސަބަބުންނެވެ. ރަސްމީ އެއްވެސް މެޗެއް ޗެރިޓީ ޝީލްޑް މެޗުގެ ފަހުން ދަގަނޑޭ ނުކުޅުނު ނަމަވެސް އަތޮޅުތަކުގައި ބައެއް މުބާރާތްތަކުގައި ދަގަނޑޭވަނީ ކުޅެފައެވެ. ދަގަނޑޭ ޓީމުގައި ނެތީ ރަސްމީ މެޗުތައް ނުކުޅޭތީ ކަމެއް ނުވަތަ އަނިޔާގެ ސަބަބުން ކަމެއް ސާފެއް ނުވެއެވެ. އެފްއޭއެމުންވެސް މިކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އާދިއްތަ ދުވަހުގެ ރޭ ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅޭ އެކުވެރިކަމުގެ މެޗަށެވެ. މި މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑުގައި ބައެއް އާ މޫނުތަކާއި ގިނަ ދުވަސްތަކަކަށް ފަހު އަލުން ގައުމީ ޓީމުން ފުރުސަތު ހޯދި ކުޅުންތެރިން ހިމެނެއެވެ.

ބަންގްލަދޭޝް މެޗަށް ނެގި އަށާވީސް ކުޅުންތެރިންގެ ސްކޮޑު

ސަމޫހް އަލީ، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، އަސަދުﷲ އަބްދުﷲ، ހަމްޒާ މުހައްމަދު، އަކުރަމް އަބްދުލް ގަނީ، ހައިޝަމް ހަސަން، މުހައްމަދު އިރުފާން، ނާއިޒު ހަސަން، އިބްރާހިމް މަހުދީ، ހުސައިން ޝަރީފް، ހުސައިން ނިހާން، ހަސަން ޝިފާޒް، އަހުމަދު ނޫމާން، ހުސައިން ޝިފާއު ޔޫސުފް، ހަސަން ރާއިފް އަހުމަދު، އަހުމަދު ރިޒްވާން، އަހްމަދު ހަސަން، އަލީ ފާސިރު، މުހައްމަދު ފައިސަލް، އަމްދާން އަލީ، އަބްދުﷲ ޔާމީން، މުހައްމަދު ޝަފީއު، ޔޫސުފް މީޝަމް، ރިލްވާން ވަހީދު، ހަސަން ނަޒީމް، މުހައްމަދު ސާއިފް، އަހްމަދު ނާހިލް.

58%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް