ads
ކައިވެނީގެ ރަހައިން މަހުރޫމް ވަމުންދާ ފިރިއެއް.. ފޮޓޯ/ ގޫގްލް
ކައިވެނީގެ "ރަހަ"އިން މަހުރޫމް ވަމުންދާ އޯގާތެރި ފިރިއެއްގެ ވާހަކަ!
ކައިވެނި ކުރީ އުއްމީދުތަކާއި ހުވަފެން ތަކެއް ދެކިގެން ނެވެ. ނަމަވެސް މުޅި ދިރިއުޅުން ކަނު އަނދިރި ހަޔާތަކަށް ބަނދަލު ވެގެން ދިޔައީ ހަޔާތެއް ވޭތު ކުރުމަށް އޭނާ ފިރިއަކަށްވެ ހުރެ އެންމެ ބޭނުންވި ދުވަހުގައި ކަމަށް ޝުއާއު ބުންޏެވެ. އޭނާ ބުނީ ހިތުގައި އަބަދުވެސް އުފެދެމުން ދަނީ އެއް ސުވާލައެއް ކަމަށެވެ. ނަމަވެސް އެ ސުވާލު ތަކުގެ ޖަވާބު ލިބެނީ ހިތުގައި، އުފެދިފައިވާ އެންމެ ދެ އަކުރުގެ ލަފްޒަކުން ކަމަށް އޭނާ ބުންޏެވެ.
Advertisement

މިއީ ރާއްޖޭގައި ހިނގާފައިވާ، އަދިވެސް ހިނގަމުންދާ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެވެ. މިވާހަކަ "ސީއެންއެމް" އަށް ކިޔައިދީފައިވަނީ މި ދިރި އުޅުން ތަހައްމަލު ކުރަމުންދާ ދިވެހި ފިރިހެނެ ކެވެ. އޭނާގެ ދިރި އުޅުމުގެ އަނދިރި ސަފްހާ ތަކުގެ ވާހަކަ އެވެ. (މިވާހަކައިގެ ހިމަނާފައިވާ ނަންތަކަކީ އެ ފަރާތުގެ އަސްލު ނަމެއް ނޫނެވެ.)

ލޯބިވެ ވައުދު ތަކާއި އަހުދުތައްވެ، ކުރި ފުރަތަމަ ކައިވެނި ރޫޅި ދެ ވަނަ ކައިވެންޏަކާ ޝުއާއު ކުރިމަތިލީ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ޔަގީން ކަމާ އެކުގަ އެވެ. އުމުރުން 24 އަހަރުގައި ދެ ވަނަ ކައިވެންޏެއް ޝުއާއު ކުރި އެވެ. 

އެއީ ވެސް ދިމާވެ ލޯބިވެ އެކު އެކީގައި އުމުރަށް އުޅުމަށް ވައުދު ތަކާ އަހުދުތައްވެ ކުރި ކައިވެންޏެއް ކަމަށާއި، އެއީ އޯގާތެރި ރަނގަޅު ހެޔޮލަފައި އަންހެން ކުއްޖެއް ކަމަށް ވެސް ޝުއާއު ބުންޏެވެ. މީހަކަށް ކައިވެނި ކުރަން ލިބޭނެ ރަންގަނޑެއް ފަދަ ކުއްޖެއް ކަމަށް ވެސް ޝުއާއު ބުންޏެވެ.

ޝުއާއު އޭނާގެ ހަޔާތުގެ އަނދިރި ސަފްހާގެ ވާހަކަ "ސީއެންއެމް' އަށް ކިޔައިދެމުން ބުނީ ކައިވެނި ކޮށްގެން ހަ ވަނަ އަށްވިީ މަހު އަންހެނުން ބަނޑުބޮޑު ވިކަމަށާއި، އެދަރި ބައިގެން ދިޔަ ކަމަށެވެ. އޭގެ އެއް އަހަރު ފަހުން އަނެއްކާ ވެސް އަންހެނުން ބަޑުބޮޑުވެ ބަނޑަށް ތިން މަހުގަ ދަރި ބައިގެން ދިޔަ ކަމަށް ޝުއާއު ބުންޏެވެ.

"ބަރާބަރަށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދަމުން ދަނިކޮށް ކުއްލިއަކަށް އަންހެނުން މާ ބޮޑަށް ބަލިވި. އަދި ބަނޑަށް ފަސް މަހުގަ ދަރިފުޅު ބައިގެން ދިޔަ. ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދަމުން ދަނިކޮށް ޑރ. ލަފާ ދިނީ އަންހެނުންގެ ބައްޔަށް އޮތް އެންމެ ރަނގަޅު ފަރުވާ އަކީ ރަހިމު ނެގުން ކަމަށް." ޝުއާއު ބުންޏެވެ.

ނަމަވެސް ދިރިއުޅުމަށް ކިތަންމެ ބޮޑު ހުރަހެއް އެޅުނު ނަމަވެސް އަންހެނުންގެ ފުރާނަ ސަލާމަތް ކުރުމައްޓަކާ ޑރ. ގެ ލާފާގެ މަތިން ރަހިމު ނެގުމުގެ އޮޕަރޭޝަން ކުރަން ޖެހުނެވެ. އެ ވަގުތު އަންހެނުންގެ ލޮލުން ވޭނާއި ކަރުނަ ހިލިގެން ދިތަ ތަން ފެނި އަސަރު ކުރި ކަމަށް ޝުއާއު ބުންޏެވެ.

"ހަމްނާގެ ލޯތްބަށް ބޭނުންވި ނަމަވެސް އޭނާގެ ޖިސްމުން ހޫނު ކަން އެންމެ ބޭނުންވި ދުވަހު އަހަންނަށް ނުލިބި ހިތްދަތި ކަމުގެ ތައްމަތީގައި ކަރުނައިގެ ސާާލެއްގެ ތެރެއަށް ގެނބެން އަހަންނަށް މަޖުބޫރުވި،" ޝުއާއު އޭނާގެ އިހުސާސް ކިޔައިދެމުން ބުންޏެވެ.

ރޭގަނޑުގެ ކަނު އަނދިރީތެރޭ އެތައް ރެއަކު ގިސްލަ ގިސްލާފައި އަހަރެން ރުއީމެވެ. މުޅިދުނިޔެއަށް އަހަރެންގެ ހަޔާތުގެ އަނދިރި ސަފްހާ ސިއްރު ކުރަން އަހަންނަށް މަޖުބޫރުވީ ކައިވެނި ތައްގަނޑުން ރިކޯޑް ހަދަން ބޭނުން ނުވާތީ އެވެ. އަނބިމީހާ ދެކެ އިންތިހާ އަށް ލޯބިވާތީ އެވެ. އަންހެނުން ދުނިޔެއަށް އެކަނި ކޮށްލުމަށް ބޭނުން ނުވާތީ އެވެ. އެއީ އަހަރެންގެ ލޯބިވާ އަންހެނުންނަށް ވީތީ އެވެ.

"ލޯބިވާ އަނބިމީހާގެ ކިބައިން ފޮނި ރަހަ އަށް އެދިގެން އެތައް ރެއަކު އޮންނަން. އަންހެނުން ވަރިކޮށް އެހެން މީހަކާއި، ކައިވެނި ކުރެވިދާނެ. އެހެން ނަމަވެސް އޭނާ ދެކެ އަހަރެން އިންތިހާއަށް ލޯބިވޭ. އެ ލޯތްބަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެ. މިއީ އަހަރެންގެ ނަސީބު. މިއީ އިމްތިހާނެއް. މާތް ﷲ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ. ލޯބިވާ އަންހެނުންނަށް ޓަކައި މުޅި ދިރިއުޅުން އެކުގައި ހޭދަ ކުރާނަން." ޝުއާއު ބުންޏެވެ. 

މިިއަދު ޝުއާއު ފަދަ އެތައް ފިރިހެނުންނެއް ރާއްޖޭގައި އެބަ ތިއްބެވެ. އަނބިމިހާ އަށްޓަކާ ގުރުބާންވެ އަނބިމީހާ ހިތްހަމަ ޖައްސައިމުންދާ ފިރިހެނުން ވެސް އެބަ ތިއްބި އެވެ. ކައިވެނީގެ އެންމެ މުހިންމު ގުޅުމުން ޒުވާން އުމުރުގައި މަހުރޫމް ވެފައި ވާއިރު ޝުއާއު ހުރީ ތެދުވެރި ކަމާ ވަަފާތެރި ކަމާ އެކުގަ އަނބިމީހާ އާއެކު ވި ވައުދުތަކާއި އަހުދުތަކުގެ މަތީގަ އެވެ. މިއަދު ޝުއާއު އަކީ ގިނަ ފިރިހެނުންނަށް ހުރި މިސާލެއް މެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް