ads
ޑޭވިޑް ބެކަމްގެ އިންސްޓަގްރާމް އެކައުންޓް ޔޫކްރެއިންގެ ޑޮކްޓަރަކަށް ދީފި
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ކޮންޓްރޯލް ޔޫކްރެއިންގެ ޑޮކްޓަރަކާ އާދިއްތަ ދުވަހު ހަވާލުކޮށްފިއެވެ.

ބެކަމްގެ އިންސްޓަގްރާމް އެކައުންޓް ޔޫކްރެއިންގެ ޑޮކްޓަރަކާއި ހަވާލުކޮށްފައި މިވަނީ، ރަޝިއާއިން އެގައުމަށް އަރައިގަތް މި ދަނޑިވަޅުގައި، ބަލި މީހުންނަށް އަޅާލާ މެޑިކަލް ޕްރޮފެޝަނަލުންގެ ހީވާގި މަސައްކަތް ފާހަގަކުރުމުގެ ގޮތުންނެވެ.

2005 ވަނަ އަހަރުން ފެށިގެން ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިންގްލެންޑްގެ ކުރީގެ ފުޓުބޯޅަ ކެޕްޓަން، ހަރްކީވްގެ ޕެރިނާޓަލް ސެންޓަރެއްގެ ވެރިޔެއް ކަމަށްވާ ޑޮކްޓަރު އިރީނާއަށް އޭނާގެ އެކައުންޓް ހަވާލުކޮށްފައި މިވަނީ އޭނާގެ 71.6 މިލިއަން ފޮލޯވަރުންނަށް އިރީނާ އާއި އޭނާގެ އެކުވެރިން މަސައްކަތް ކުރާ ހާލަތު ދައްކުވައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. 

ބެކަމްގެ އިންސްޓަގްރާމް އެކައުންޓް އިރީނާ އަށް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ އދގެ ކުޑަކުދިންގެ އޭޖެންސީ ޔުނިސެފުން އިންތިޒާމުކޮށްގެންނެވެ. ހަމައެކަނި ފުރަތަމަ ނަން ބޭނުންކޮށްފައިވާ އިރީނާ، ބެކަމްގެ އިންސްޓަގްރާމް ސްޓޯރީގައި ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީގައި ހުންނަ ފެސިލިޓީގެ ފޮޓޯތައް ޕޯސްޓްކޮށްފައިވެއެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން އިރީނާގެ ރޯލަށާއި އޭނާގެ ޓީމުގެ މަސައްކަތްތަކަށް އަސަރުކުރި ގޮތް ވެސް ހާމަކޮށްފައިވެއެވެ. 

މިހާރު އޭނާ 24 ގަޑިއިރު މަސައްކަތް ކުރާ ކަމަށާއި، ހަނގުރާމައިގެ ތެރޭގައި އޭނާގެ ޓީމު މެމްބަރުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ނަމަވެސް އެމީހުންގެ މަސައްކަތަށް ލޯބި ކުރާކަމަށް އިރީނާ ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް