ފިލްމުގެ ޓެއިލާ ނެރޭ ދުވަސް ހާމަކޯށްފައިވަނީ ފިލްމުގެ އާ ޕޯސްޓަރެއް ހިއްސާކުރުމަށް ފަހުއެވެ. ފިލްމުގެ ޓްރެއިލާ ނެރޭ ދުވަސް ހާމަކުރި ނަމަވެސް ފިލްމު ނެރޭ ދުވަސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ބާގީގެ ފުރަތަމަ ބައި ނެރުނީ 2016 ވަނަ އަހަރެވެ. ފުރަތަމަ ބައިން ލީޑު ރޯލުން ފެނިގެން ދިޔައީ ޓައިގާ އާއި ޝްރައްދާ އެވެ. ފިލްމުގެ ފުރަތަމަ ބަޔަަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
ފިލްމުގެ ދެވަނަ ބައި 2018 ވަނަ އަހަރުގެ ކުރީކޮޅު ނެރެފައިވާއިރު އެފިލްމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އެފިލްމުގެ ލީޑުން ޓައިގާއާ އެކު ފެނިފައިވަނީ އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ އެވެ. ފިލްމުގެ ތިންވަނަ ބައިން ވެސް ދިޝާ ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.