ads
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
އިސްލާމިކް މިނިސްޓްރީގެ މުއައްޒަަފުންނަށް އިތުރަށް ފައިސާދިން މައްސަލައެއް ފެންމަތި ވެއްޖެ
ދެހާސްވިހި ވަނަ އަހަރުގެ ރޯދަ މަހު އިސްލާމިކް ސްޓޫޑިއޯ އިން ގެނެސްދިން ޕްރޮގްރާމްތައް ތައްޔާރު ކުރުމަށް މުވައްޒަފުން ކޮށްފައިވާ މަސައްކަތުގެ ހާޒިރީ ނުބަލަހައްޓާ އިތުރުގަޑީގެ ފައިސާ ދީފައިވާ ކަމަށް އިސްލާމިކު މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

ސްޓޫޑިއޯ އިން ގެނެސްދިން ޕްރޮގުރާމްތައް ގެނެސްދިނުމަށްޓަކައި މިނިސްޓްރީގައި ތިބޭ މުވައްޒަފުން ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި އިތުރުގަޑީގެ ގޮތުގައި ހަތް ގަޑިއިރު މަސައްކަތްކުރާ ގޮތަށް އެ މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.

އަދި އެ މުވައްޒަފުންނަށް ބަންދު ދުވަހުގެ އިނާޔަތް ހަމަޖެއްސުމާއި، އެ މުވައްޒަފުން ލޮކްޑައުންގައި ތިބޭ ދުވަސްތަކުގައި ހާޒިރީ ބެލެހެއްޓުމަށް، 2020 ވަނަ އަހަރުގެ ދެ ވަނަ ދުވަހު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އޮތީ އަންގަވާފަ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ސްޓޫޑިއޯގައި، ލޮކްޑައުން ވެގެން ތިބި މުވައްޒަފުންގެ ރަސްމީ ދުވަސްތަކުގައި އިތުރުގަޑީގައި މަސައްކަތް ކޮށްފައިވަނީ އަށް ގަޑިއިރު ކަމަށް ވެސް އެ ރިޕޯޓްގަ އެވެ. އެގޮތުން ބަންދު ދުވަސްތަކުގައި އިތުރުގަޑީގައި މަސައްކަތް ކޮށްފައިވަނީ 12 ގަޑިއިރުކަމަށާއި، މުސާރަ ހިސާބު ކުރުމަށް އީމެއިލް މެދުވެރިކޮށް އެ އަހަރު މެއި 22 ވަނަ ދުވަހު އަންގާފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

މުވައްޒަފުން ލޮކްޑައުންގައި ތިބެ ކޮށްފައިވާ މަސައްކަތާއި މަސައްކަތުގެ ގަޑި އެނގޭނެ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާކަން ވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި މުވައްޒަފުންނަށް އިތުރުގަޑީގެ ގޮތުގައި ދޭންޖެހޭ އަދަދު ނޫން އަދަދެއް އިތުރު ގަޑީގެ އިނާޔަތުގެ ގޮތުގައި ދެވިފައިވުމަކީ ވެސް އެކަމުގެ ސަބަބަން އެކަށީގެންވާ ކަމެއް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށް ފައި ވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް