ads
އަލީ ޒާހިރު ފޮޓޯ ރައީސް އޮފީސް
ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި އެވެ.

އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓު ހެކް ކޮށްފައިވާކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ "ސީއެންއެމް" އަށް ކަށަވަރު ކޮށްދީފައެވެ. 

އަލީ ޒާހިރުގެ އެކައުންޓު ހެކް ކޮށްފައި ވާކަމަށް ބުނެފައި މިވަނީ، މިއަދު ހެނދުނުން ފެށިގެން އެ އެކައުންޓުން ހަޑި ހުތުރު ބަސްތައް ބޭނުން ކޮށްގެން ޓުވީޓްތަކެއް ކޮށްފައި ވަނިކޮށެވެ. މީގެ އިތުރުން އެ ޓުވީޓްތަކުގައި ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވަނީ މުއާމަލާތް ކޮށްފައެވެ. 

މީގެ އިތުރުން އެ ޓުވީޓްތަކުގައި، އެމްޑީޕީގެ ބައެއް އިސް އެކްޓިވިސްޓުންނަށް ވެސް ބަހުގެ ހަމަލާތައް ދީފައިވާކަން ފާހަގަ ކޮށްލެވެ އެވެ. 

އަލީ ޒާހިރުގެ އެކައުންޓުން މިއަދު ހެނދުނުން ފެށިގެން ކުރި ޓުވީޓްތައް މިހާރު ޑިލީޓް ކޮށްލާފައި ވާއިރު، އެ މައްސަލަ ފުލުހަށް ހުށައަޅާފައި ވާކަމަށްވެސް ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް