ads
އަހުމަދު ހަލީމް (ދޮންބިލެއް)
ނަޝީދު ރަނގަޅު ވާހަކައެއް ދެއްކިޔަސް ރާއްޖެ ޓީވީއަށް އަރާނީ ކުލަބަރިއެއް: ހަލީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި ކިތަންމެ ރަނގަޅު ވާހަކަފުޅެއް ދެއްކެވިޔަސް އެ ގަޑީގައި ރާއްޖެ ޓީވީއަށް އަރާނީ ކުލަބަރިއެއް ކަމަށާއި, ދެން ކުއްލިއަކަށް ކެނޑޭނީ އަޑުކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
Advertisement

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ހިދުމަތްދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށްފަހު, މަޖިލީހުގެ އިގުތިސާދީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް މެންބަރުން މިއަދު ވަނީ ބަހުސް ކުރައްވާފައެވެ.

އެ ގޮތުން މެންބަރު ހަލީމް ވިދާޅުވީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިގެން އިޝްތިހާރުވާން އެ ކުރައްވާ މަސައްކަތް ކަމަކުުނުދާ ކަމަށެވެ. އަދި ރާއްޖެ ޓީވީން ކުރިއަށް އޮތް ހަފުތާއެއް ވަންދެން ދައްކާނީ ސަލީމްގެ މާ ބޮޑު ގަރާރެއްގެ ވާހަކަ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގައި ކިތަންމެ ރަނގަޅު ވާހަކަފުޅެއް ދެއްކެވިޔަސް ޖަލްސާ ކުރިއަށްދާ ގަޑީގައި ރާއްޖެ ޓީވީއަށް އަރާނީ ކުލަބަރިއެއް ކަމަށާއި, ދެން ކުއްލިއަކަށް ކެނޑޭނީ އަޑު ކަމަށެވެ. 

ހަލީމް ވިދާޅުވީ ކޮންމެ ދުވަހަކު ހެނދުނު ''ފަށާއިރު'' ކިޔާ ޕްރޮގުރާމެއްގައި ދައްކަނީ ވެސް ހަގީގަތާއި ހިލާފު ވާހަކަތައް ކަމަށެވެ. ނަމަވެސް އެއީ ކޮން ވާހަކަތަކެއްކަމެއް ހަލީމް ފާހަގައެއް ނުކުރައްވައެވެ.

''ކަނޑައެޅިގެން ދޮގު. ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންނާ ޖައްސާ ކަހަލަ ވާހަކަ. އަޅުގަނޑަކަށް ނޭނގެ ކޮންކަހަލަ ވާހަކައެއް ކަމެއް.'' ހަލީމް ވިދާޅުވިއެވެ

ހަލީމް ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންނާއި ދޭތެރޭގައި ޖައްސައި, ނަފުރަތު އުފައްދަން ރާއްޖެ ޓީވީން ކުރާ މަސައްކަތް ހުއްޓާލުމަށް ވެސް ގޮވާލައްވާފައެވެ.

އެހެންކަމުން ޒާތީނުވެ ބިނާ ކުރުވަނިވި ވާހަކަދެއްކުން ރަނގަޅުވާނެކަމަށް ވެސް ހަލީމް ވިދާޅުވިއެވެ. އަދި ތަންތަނަށް ލާންވާނީ ބިނާކުރަނިވި ގަރާރު ކަމަށާއި, ކޮންމެހެން ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހޯދުމަށްޓަކައި މަޖިލީހަށް ގަރާރު ލުމަކީ އެހާ ބުއްދިވެރިކަމެއް ނޫންކަމަށް ވެސް ހަލީމް ވިދާޅުވިއެވެ. އަދި އެ ގަރާރުގައި ހުރި ކަންކަމަކީ ކޮންމެހެން ވެސް ކުރަންޖެހޭ މުހިންމު ކަންކަން ކަމަށާއި, ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ތަފްސީލު ދެއްވާފައި އޮތް ކަމެއްގައި އަނެއްކާ ވެސް ގަރާރެއް ލައިގެން ތިމާ ކުރާ ކަމެއް ކަމަށް ދައްކަން އުޅުމަކީ ވަރަށް ދެރަކަމެއްކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް