ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ބީލަމުގައި ބައިވެރިވުމަށް، އަންނަ މަހުގެ 14 ވަނަ ދުވަހުގެ ކުރިން، 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް ކަމަށެވެ. އަދި ރޯދަ މަހުގެ ތެރޭ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ނޫން އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 13.00 އަށް ކަމަށެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ބިޑް ސެކިޔުރިޓީގެ ގޮތުގައި 250،000 ރުފިޔާ ނުވަތަ އެއަދަދާއި އެއްވަރުގެ އަދަދެއްގެ ޑޮލަރުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން، މިއަދުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން މި އިއުލާން ކޮށްފައި ވާއިރު، ކުރެންދޫ ކައުންސިލްގެ ހުސްވެފައިވާ ރައީސްގެ މަގާމަށް މީހަކު ހޮވުމަށް ބައްވާ ބައި އިލެކްޝަން މިމަހު 26 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިންތިހާބާއި ދިމާކޮށް އެރަށުގައި އެމްޑީޕީއިން މިދިޔަ ހަފްތާތެރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ކުރެންދޫއާ ދިމާ ބޭރުން ކަނޑުން 1000 ގޯތި ދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.