![](https://cnm.mv/media/images/20220308_094826.jpg)
އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓު ހަރަކާތާއި ދެކޮޅަށް ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅި ކުއްލި މައްސަލައާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުނުއިރު ރާއްޖެ ބަލަހައްޓަމުން ގެންދިޔައީ ސްރީލަންކާގައި އޮތް ކޮލޯނިއަލް ސަރުކާރުން ކަމަށެވެ. ނަޝީދު ވިދާޅުވީ އެ އަހަރު ރާއްޖެއަށް މިނިވަންކަން ނުލިބި އިންޑިއާ އާއި ޕާކިސްތާނަށް މިނިވަންކަން ލިބުނު ސިއްރެއް އޮންނާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖެއަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި 1968 ގެ ފަހުން ކަނޑައެޅި ހަމަޖެހިފައި މި އޮތީ އިންޑިއާގެ ވަރަށް ބޮޑު ދައުރެއް އޮވެގެންކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވި ނަމަވެސް ރާއްޖެ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން ނިކުމެ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެއްވީ 1965 ވަނަ އަހަރުގެ ޖުލައިި 26 ގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރެވެ.