ads
ފޮޓޯ: އެމްޕީއެލް
މެރިޓައިމް ޕޯޓު ތަކުގެ ސެކިއުރިޓީންނަށް ހާއްސަ ކޯހެއް ކުރިޔަށް ގެންގޮސްފި
މެރިޓައިމް ޕޯޓު ތަކުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް "ޕޯޓް ފެސިލިޓީ ޑެޒިގްނޭޓެޑް ސެކިއުރިޓީ ޑިއުޓީސް" ގެ ނަމުގައި ހާއްސަ ކޯހެއް ކުރިޔަށް ގެންގޮސްފިއެވެ.

ދިވެހި ގައުމީ ޔުނިވާސިޓީގެ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒްގެ ފަރާތުން ކުޅުދުއްފުށި ކެމްޕަހުގައި 2 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ކޯހުގައި ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ 11 މުވައްޒަފެއް ވަނީ ބައިވެރިވެފައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެއެވެ. 

އެމްޕީއެލް އިން ބުނީ، މި ކޯހުން ޕޯޓުގައި މަސައްކަތް ކުރާ ފަރާތްތަކަށް، ޕޯޓު ފެސިލިޓީ ސެކިއުރިޓީ ޕްލޭނާއި އިންޓަރނޭޝަނަލް ކޮންވެންޝަން ފޯރ ސޭފްޓީ އެޓް ސީގެ މިންގަނޑުތަކާއި އެއްގޮތަށް މަސައްކަތްކުރުމަށް ހާއްސަ ސެޝަންތަކާއި އައިއެމްއޯ/އައިއެލްއޯ މިންގަނޑަށް އަހުލުވެރިކުރުވަން ހާއްސަ ސެޝަންތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައި ކަމަށެވެ. 

ކުންފުނީގެ ރީޖަނަލް ޕޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމްތަކެއް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން މިހާރުވެސް އެމްޕީއެލް އިން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް