ads
މަލަންގްގެ އާލަވައެއް: ދިޝާގެ ފަރި ހަރަކާތްތަކަށް ތައުރީފް އޮހެނީ
މޯހިތު ސުރީ ޑައިރެކްޓްކޮށް މިމަހުގެ ހަ ވަނަ ދުވަހު ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ ފިލްމު، "މަލަންގް" ގެ އާ ލަވައެއް ނެރެފި އެވެ.

"ހުއީ މަލަންގް" ގެ ނަން ދީފައިވާ މިލަވަ ކިޔާފައި ވަނީ ބޮލީވުޑުގެ ކާމިޔާބު ގިނަ ފިލްމުތަކަކަށް ލަވަކިޔާފައިވާ ޒުވާން ލަވަކިޔުންތެރިޔާ އަސީސް ކޯރެވެ. 

މި ލަވައާއެކު ގިނަ ބަޔަކު އަންނަނީ ދިޝާގެ ފަރި ހަރަކާތްތަކަށް ތައުރީފް ކުރަމުންނެވެ. އާންމުކޮށް އެހާ ފޯރިގަދަ ލަވަތަކުން ދިޝާ ފެނިގެން ނުދިޔަ ނަމަވެސް މި ލަވައަކީ ވަރަށް ފޯރިގަދަ ލަވައެކެވެ. އެގޮތުން އާދިއްތަ ދުވަހު ނެރުނު އެ ލަވައަށް މިހާތަނަށް ތިން މިލިއަން ވިއުސް ވަނީ ލިބިފަ އެވެ. 

މި ލަވަ ނެރުންކަން އިއުލާންކޮށް ދިޝާ ވަނީ ލަވައަށް އޭނާ ޕްރެކްޓިސް ކުރިއިރު ކަކުލަށް ލިބުނު އަނިޔާއެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. އަނިޔާ ލިބިގެން ނަމަވެސް ފުރިހަމަ ނެށުމެއް ބެލުންތެރިންނަށް ދޫކޮށްލުމުން އޭނާއަށް ތައުރީފް ހައްގު ކަމަށް މީހުން ދަނީ ބުނަމުންނެވެ. 

ދިޝާގެ އިތުރުން މި ފިލްމުގައި ފެނިގެންދާނީ އަނިލް ކަޕޫރާއި އަދިތުޔާ ރޯއީ ކަޕޫރުގެ އިތުރުން ކުނާލް ކެއްމޫ ފަދަ ތަރިންނެވެ. މަލަންގަކީ އެކްޝަން ތްރިލާއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް