ads
ގާޒީ ފަހީމް
ސިވިލް ކޯޓްގެ ގާޒީއެއްގެ ބޮޑު މައްސަލައެއް ބަލަނީ
ސިވިލް ކޯޓްގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ސިވިލް ކޯޓްގެ ގާޒީ ހަސަން ފަހީމްގެ ސުލޫކީ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި, އެ މައްސަލަ ތަހުގީގުކުރަން ނިންމައި, ތަހުގީގު ކޮމިޓީއެއް އެކުލަވައިލީ މި މަހުގެ 16 ގައި ބޭއްވުނު ކޮމިޝަނުގެ މި އަހަރުގެ 18 ވަނަ ޖަލްސާގައި ކަމަށެވެ.

ޖޭއެސްސީން ހާމަކުރި ގޮތުގައި ގާޒީ ހަސަން ފަހީމާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ, ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި, މައްސަލަތައް ބެލުމުގައި ދޭންޖެހޭ ސަމާލުކަން ނުދީ ފަރުވާކުޑަކޮށްފައިވާކަމަށް ބުނާ މައްސަލައެކެވެ. ނަމަވެސް އިތުރު ތަފްސީލެެއް ހާމައެއް ނުކުރެއެވެ.

ޖޭއެސްސީން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ޝަރުއީ ނިޒާމާމެދު ރައްޔިތުންގެ މެދުގައި އުފެދޭ ސުވާލުތަކާއި, ފަނޑިޔާރުންނާއި ކޯޓުތަކާމެދު އުފެދޭ ކަންބޮޑުވުންތަކާ ގުޅިގެން އެ އަހަރު ކޮމިޝަނަށް 404 މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އެ ގޮތުން އެ ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން 90 އިންސައްތަ މައްސަލައަށް ގޮތެއް ނިންމި ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ. 

ތަހުގީގު ކުރަންޖެހޭ ސުލޫކީ މައްސަލަތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް އަދި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އަސާސްތަކަށް ރިއާޔަތްކޮށް ފަނޑިޔާރުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތަކެއް ސީރީސްއެއްގެ ގޮތުގައި ފަށަން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް