ads
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ސަރުކާރާއި މަޖިލީހުން ހުށަހެޅި އިސްލާހު ތައާރަފްކޮށްފި
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ހުށަހެޅި އިސްލާހުތައް މަޖިލީހަށް ތައާރަފްކޮށްފި އެވެ.
Advertisement

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މަޖިލީހަށް ތައާރަފް ކުރަންޖެހޭ ބިލްތަކުގެ ގޮތުގައި ޖިނާއީ އިޖުރާއަތަށް ހުށަހަޅާފައިވާ ދެ އިސްލާހެއް މަޖިލީހަށް ތައާރަފް ކޮށްދެއްވާފައެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދާއި މަތިވެރި ދާއިރާ ގެ މެންބަރު ހަސަން ޒަރީރެވެ. 

އެގޮތުން އެ ދެ ބިލް މަޖިލީހަށް ތައާރަފްކުރުމަށްފަހު މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ޖިހާން ހުށަހެޅުއްވި އިސްލާހަކީ ރައްޔިތުންގެ މަޖިލީހަށް އެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހެއް ކަމަށެވެ. އަދި ހަސަން ޒަރީރް ހުށަހެޅުއްވީ މުޅި އެ ޤާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. 

ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ، އެ ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހު ގާނޫނު ތަންފީޒު ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތު ދެއްވާފައިވެއެވެ. 

އޭޖީ އޮފީހުން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ގާނޫނުގައި އިތުރަށް ބަޔާން ކުރަން ޖެހޭ އިޖްރާއާތުތައް ވެސް އާ ބިލުގައި ކަނޑައަޅާފައިވާނެ އެވެ. މިހާރަށް ވުރެ ބޮޑަށް ގާނޫނު ފުރިހަމަކުރުމުގެ އިސްލާހުތައް ވެސް ބިލުގައި ހިމެނޭނެ ކަމަށް އޭޖީ އޮފީހުން މައުލޫމާތު ދީފައިވެއެވެ. 

ދެހާސް ސަތާރަވަނަ އަހަރު އަމަލުކުރަންފެށި ޖިނާއީ އިޖުރާއަތުގެ ޤާނޫނު އެކުލަވާލާފައިވަނީ ރާއްޖެއިން ބޭރުގެ އެކްސްޕާޓުންގެ އެހީގައެވެ. އަދި އެ ޤާނޫނުގައި މީހުން ހައްޔަރު ކުރުމުގައި އަމަލުރާނޭ އިޖުރާއަތާއި، މައްސަލަ ތަހުގީގު ކުރާނޭ އިޖުރާއަތުގެ އިތުރުން ދައުވާ ކުރާނެ އިޖުރާއަތާއި ޝަރީއަތް ހިންގާނޭ ގޮތުގެ އިޖުރާއަތުތައް ބަޔާންކޮށްފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް