ads
ޗެންނާއީގެ އެމްއެސް ދޯނީ
ޗެމްޕިއަން ޗެންނާއި އަތުން ކަލްކަތާ މޮޅުވެއްޖެ
އައިޕީއެލްގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަރ ކިންގްސް އަތުން، ކަލްކަތާ ނައިޓް ރައިޑަރސް މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ މުމްބާއީގައި ކުޅުނު އައިޕީއެލްގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި ޗެންނާއީ ސުޕަރ ކިންގްސް އަތުން ކަލްކަތާ ނައިޓް ރައިޑަރސް މޮޅުވީ ހަ ވިކެޓުންނެވެ. ހަ ވިކެޓުން ނައިޓް ރައިޑަރސް މޮޅުވިއިރު ވިހި އޯވަރު ހަމަވާން ބާކީ އޮތީ އެއް އޯވަރާ ބައި ނުވަތަ އެންމެ ނުވަ ބޯޅައެވެ. 

މި މެޗުގައި ޗެންނާއީން އެންމެ ފުރަތަމަ ބެޓިންއަށް އަރައި ވިހި އޯވަރު ތެރޭ ފަސް ވިކެޓަށް ސަތޭކަ އެއް ތިރީސް ލަނޑު ހެދިއެވެ. ޖަވާބުގައި ކުޅެން ނުކުތް ނައިޓް ރައިޑަރސް އިން މެޗު ކާމިޔާބު ކުރީ ސަތޭކަ ތިރީސް ހަތަރު ހަދައިގެންނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގުކަމަށްވާ އައިޕީއެލްގައި މިއަދު ހަވީރު ކުޅޭ މެޗުގައި ޑެއްލީ ކެޕިޓަލްސް ވާދަކުރާނީ މުމްބާއީ އިންޑިއަންސްއާއެވެ. ރާއްޖޭ ގަޑިން މެންދުރު ފަހު ތިނެއް ޖަހާއިރު މި މެޗު ކުޅޭ އިރު މިރޭވެސް މެޗެއް ކުޅޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް