ads
ސްޓެލްކޯ
ސްޓެލްކޯގެ ހުރިހާ ހިދުމަތެއް މެދުކެނޑިފައި!
"ރެންސަމްވެއާ އެޓޭކް" އަކާއެކު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދެމުން އަންނަ ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑުމަކަށް އައިސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރެންސަމްވެއާ އަކީ ކޮމްޕިޔުޓަރުތަކުގައި ހުންނަ މައުލޫމާތުތައް ރަހީނުކޮށް އެ މައުލޫމާތު ހިފެހެއްޓުން ނުވަތަ ލީކުނުކޮށްލުުމުގެ ބަދަލުގައި އެކަން ކުރި ބަޔަކު ބުނާ އަދަދަކަށް ފައިސާ ހޯދުމެވެ.

ސްޓެލްކޯއިން ބުނީ، ރެންސަމްވެއާ އެޓޭކަކާއެކު އެ ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުން އައި ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިފައިވާ ކަމަށެވެ

ސްޓެލްކޯއިން ބުނީ، ރެންސަމްވެއާ އެޓޭކަކާއެކު އެ ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުން އައި ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިފައިވާ ކަމަށެވެ. 

މިއާއެކު، ސްޓެލްކޯގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހިދުމަތްތައް އަލުން ފޯރުކޮށް ދިނުމަށް އަދި ވެސް އިތުރުވަގުތު ނަގާނެކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

މީގެއިތުރުން ސްޓެލްކޯއިން ބުނީ، މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށްޓަކައި، އެ ކުންފުނީގެ އައިޓީ އިންޖީނިއަރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށާއި، އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާއާފަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް