ads
ރައީސް ސޯލިހު ޕޮލިސް ކޮލެޖް ހުޅުވައިދެއްވަނީ. ފޮޓޯ: ޕޮލިސް
އައްޑޫ ސިޓީގައި ގާއިމުކުރި ޕޮލިސް ކޮލެޖް ހުޅުވައިފި
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމުކުރި ފުލުހުންގެ ''ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް'' ހުޅުވައިިފިއެވެ.
Advertisement

މިއަދުގެ ހެނދުނުގެ ވަގުތެެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކޮލެޖު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. 

އެ ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ޖައިޝަންކަރާއި, ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި, ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ  ޝާހިދާއި, ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިސް ވެެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

your imageޕޮލިސް ކޮލެޖު ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން. ފޮޓޯ: ޕޮލިސް

މި ކޮލެޖް ހުޅުވައިދެއްވުމަށްފަހު ރައީސް ސޯލިހު ވަނީ އެ ތަން ބައްލަވާލައްވައި, މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

2017 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި ކޮލެޖަކީ އިންޑިއާގެ ހިލޭ އެހީގައި ހަދާފައިވާ ކޮލެޖެކެވެ. އެއް ކިލޯ މީޓަރަށްވުރެ ދިގު ބިމެއްގައި  ގާއިމުކޮށްފައިވާ އެ  ކޮލެޖުގައި 340 މީހުންނަށް އެއްފަހަރާ ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު, އެ ތަނުގައި ސިއްހީ ފަރުވާދޭނެ ތަންތަނާއި, ކުޅިވަރާއި ތަމްރީނުތަކަށް 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމްއެއް ހިމެނެއެވެ. ހަމައެހެންމެ 400 މީޓަރުގެ ދުވާ ޓްރެކަކާއި, ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއް ވެސް އޮންނާނެއެވެ. މީގެ އިތުރުން ފުޓްބޯޅަ, ބާސްކެޓް, ޓެނިސް ގުރައުންޑް  ވެސް ހިމެެނެއެވެ.

your imageޕޮލިސް ކޮލެޖު ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން. ފޮޓޯ: ޕޮލިސް

ފުލުހުންގެ މަސައްކަތް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތަހްގީގުކުރުމަށްޓަކައި ކަނޑައެޅިފައި ތިބި ފުލުހުންގެ ތެރޭގައި އެކަމަށް ބޭނުންވާ އެންމެ ރަނގަޅު ތަމްރީނާއި ހުނަރާއި ގާބިލްކަން ހޯދައިދެވިފައި ތިބި ފުލުހުންގެ އަދަދުގެ މަދުކަން ކަމަށް ފާހަގަކުރައްވައި ދާދިފަހުން އިމްރާން ވިދާޅުވީ ފުލުހުންގެ ކޮލެޖް ހުޅުވިގެން ދިއުމާއެކު ތަމްރީނުގެ އިތުރު މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ. އަދި އޭގެތެރެއިން އެންމެ އިސްކަމެއް ދެވޭނެ އެއް މަސައްކަތަކީ ތަހްގީގާ ގުޅުންހުރި ދާއިރާގެ އޮފިސަރުން އިތުރަށް ތަމްރީނުކުރުމަށް ކުރެވޭ މަސައްކަތްކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް