ނުވަ މަސް ދުވަސް ފަހުން ގައުމީ ޓީމަށް އެނބުރި އައިސް އެރިކްސަން ލަނޑު ޖެހީ ރެ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ހޮލެންޑާ ދެކޮޅަށެވެ. މި މެޗުގައި އެރިކްސަން ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިއީ ޔޫރޯގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ހިތް ހުއްޓިގެން ދަނޑުން ބޭލި ފަހުން ގައުމީ ޓީމަށް އެރިކްސަން ކުޅުނު ފުރަތަމަ މެޗެވެ. ގައުމީ ޓީމަށް އަލުން ފުރަތަމަ މެޗު ނަމަވެސް އޭނާވަނީ ކްލަބުގައި މި ފަހުން ކުޅެފައެވެ.
ހޮލެންޑާ ދެކޮޅަށް އެރިކްސަން ކުޅުނު މެޗަކީ އޭނާ ގައުމީ ޓީމަށް ކުޅުނު ސަތޭކަ ދިހަވަނަ މެޗެވެ.