ads
ރޭޕް
ސުކޫލެއްގައި އަންހެން ކުއްޖަކާ ބެހުނު 59 އަހަރުގެ އަންހެން މުވައްޒަފަކު ހައްޔަރުކޮށްފި
ދެކުނު ރަށެއްގެ ސުކޫލުގެ އަންހެން މުވައްޒަފަކު، އެ ސުކޫލުގައި ކިޔަވަމުންދާ ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފި އެވެ.

ސުކޫލުގައި ކިޔަވަމުންދާ ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މުވައްޒަފަކީ އެ ސުކޫލުގައި ވަޒީފާ އަދާ ކުރަމުންދާތާ 30 އަހަރު ވެފައިވާ މުއައްޒަފެއް ކަމަށް މައުލޫމާތު ލިބެ އެވެ. 

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މިހާރު އެ މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުންދާ ކަމަށާއި އެހެންވެ އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

އެ މައްސަލަ އާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައުުތު ރީޖަން (ގއ. ގދ. އާއި، ފުއައްމުލައް ސިޓީ އަދި އައްޑޫ ސިޓީ) ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހު 24 ވަނަ ދުވަހު ފުލުހަށް ހުށައެޅި ފައިވާ ކަމަށެވެ. 

މި މައްސަލަ އާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަން ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަދި މިހާރު ފުލުުހުންނާއި ޖެންޑާ އާ ގުޅިގެން އެ މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް