ads
ފޮޓޯ ގޫގްލް
އަންހެނުންނާއެކު ގަންގޫބާއި ބެލުމަށް ސިނެމާ އެއްކޮށް ބުކްކޮށްފި
ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ މުނީބް ބަޓް އަންހެނުންއެކު ގަންގޫބާއި ބެލުމަށް ދުބާއީގެ ސިނެމާ އެއްކޮށް ބުކް ކޮށްފިއެވެ.
Advertisement

މުނީބް އަންހެނުން އައިމަން ޙާން އެކު ގަންގޫބައި ބެލުމަށް ދުބާއީގެ ސިނެމާއަށް ގޮސް ނަގާފައިވާ ފޮޓޯވަނީ އޭނަގެ އިންސްޓަރ ގްރާމް މެދުވެރިކޮށް ހިއްސާކޮށްފައެވެ. މުނީބްގެ އިންސްޓަރ ގްރާމް ގައި އަންހެނުންނަށްޓަކައި މުޅި ސިނެމާ އެއްކޮށް ހިފާފައިވާކަން ވެސް ވަނީ ހާމަ ކޮށްފައެވެ.

އެގޮތުން ޕާކިސްތާނުގެ މަޝްޙޫރު ސީރީސް "ޔޭ ނާ ތީ ހަމާރީ ކިސްމަތް" ގައި ބަތަލްގެ ރޯލުން ފެނިގެންދާ މުނީބްއަކީ އަބަދުވެސް އަންހެނުން ދެކެ ލޯބިވާ އަދި އަންހެނުންނަށް އިޙްތިރާމްކުރާ ފަންނާނެއް ކަމަށް ގިނަ ސަޕޯޓަރުން ދަނީ ބުނަމުންނެވެ. 

އާލިއާ ބަޓްގެ ތަފާތު ހުނަރެއް ފެނިގެން ގޮސްފައިވާ ގަންގޫބައި އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާ ކޮށް ބަންސާލީ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. 

މި ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި ދަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބެމުންނެވެ. ބަންސާލީ ހާމަ ކޮށްފައިވާ ގޮތުގައި ފިލްމް އެޅުވި ތާރީހުން ފެށިގެން 8 ހަފްތާ ހަމަވުމުން ނެޓްފިލްކްސްގެ އިތުރުން އެމަޒޯން ޕްރައިމް މެދުވެރިކޮށް އާއްމުންނަށް ފެނިގެންދާނެއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް