
ރަޓްމަލާނާ އެއާޕޯޓަށް ފްލައިޓެއް ޖައްސާފައި މިވަނީ 50 އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ.
50 ސީޓުގެ މޯލްޑިވިއަންގެ މި ފްލައިޓް ކޮލަމްބޯއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ ކަމަށާއި، މި ފްލައިޓް ހަފްތާއަކު ފަސް ފްލައިޓަށް ބަދަލުކުރާނެ ކަމަށް އޭވިއޭޝަން އޮފިޝަލުންނާ ހަވާލާދީ ސްރީލަންކާގެ ނޫސްތަކުން ބުނެއެވެ.
ރަތުމަލާނާ އެއަރޕޯޓް ޑޮމެސްޓިކް އެއަރޕޯޓަކަށް ބަދަލުކުރީ 1960ގެ އަހަރުތަކުގެ ފަހުކޮޅު ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމާ ގުޅިގެންނެވެ.
ބަންޑާރަނައިކަ އެއާޕޯޓަކީ ސްރީލަންކާގެ ވެރިރަށް ކޮޅުބާއި އެ ސަރަހައްދުން ދަތުރުކުރާ ފްލައިޓްތަކުގެ މައި ބައިނަލްއަގުވާމީ އެއާޕޯޓެވެ.
1938 ވަނަ އަހަރު އުފެއްދި ރަތުމަލާނާ އެއާޕޯޓަކީ ސްރީލަންކާގެ އެންމެ ދުވަސްވީ އެއާޕޯޓެވެ. އެއް ދުވަސްވަރެއްގައި އެ އެއާޕޯޓަކީ އެ ގައުމުގައި އޮތް ހަމައެކަނި ބައިނަލްއަގުވާމީ އެއާޕޯޓެވެ.