ads
މުހައްމަދު ހަމީދު އަންދަލީބުގެ ގއ. ކޮލަމާފުށި
ތިންއިންސައްތަ ކިޑްނީއާއެކު ވޭނުގައި ދެއަހަރު! ކެޔޮޅަށް ބޭނުންވަނީ އެންމެންގެ ލޯބި!
ކޮލަމާފުށީ އަންދަލީބުގޭ މުހައްމަދު ހަމީދަކީ އަތޮޅުގެ ގިނަ ބަޔަކު ދަންނަ ވަރުގަދަ، ވަރު ހުރި، ފިސާރި ކެޔޮޅެވެ. ބޮޑެތި ދޯނި ފަހަރުތަކާއި ސަފާރީ ބޯޓް ދުއްވި މާލިމީއެކެވެ. އޭރު އެންމެންގެ ނަމުން، އެންމެންގެ ހަމީދުބެެވެ. ނަމަވެސް މިއަދު ހަމީދު ކިޑްނީ ފެއިލްވެ ކިޑްނީގެ ވޭނަށް ހުށަހެޅި، އޭނާ އެ އޮތީ އަނބިމީހާއާއި، އަންހެން ދަރިއެއްގެ އެހީތެރި ކަމާއެކު ބޭރު ގައުމެއްގެ ހޮސްޕިޓަލު ބަލި އެނދުގައި އެނދުމަތި ވެފައެވެ.
Advertisement

ހަމީދުގެ އަންހެން ދަރި އައިމިނަތު ނަރީޝާ "ސީއެންއެމް" އަށް ބުނީ ބައްޕައަކީ ކޮލަމާފުށީ ބޮޑެތި ގިނަ މަސް ދޯނިތައް ދުއްވި މާ ކެޔޮޅަކަށް ވާތީ މީހުން ބައްޕަ އޭރު ބަލައިގަތް ކަމަށެވެ.

ނަމަވެސް އެ ދުވަހު މީހުން ބައްޕަ ބަލައިގަތަސް، މިއަދު ބައްޕަ ބަލައިގަންނާނެ މީހަކު ނެތް ކަމަށެވެ. ޖާނުން ވަރުގަދަ އެ ބައްޕަގެ އާރާއި ބާރު ހުރި އިރު، އެހެންމީހުން ފަދައިން ދިރިއުޅުމައްޓަކައި ބުރަކޮށް މަސައްކަތް ކުރިއެވެ. އުފާވެރި ދިރިއުޅުމެއް ހޯދުމަށެވެ. 

"އެކަމަކު ބައްޕަ ދުނިޔޭގައި ހަމަޖެހިގެން އުޅެން ބޭނުންވި ދުވަހު ބައްޔެއްގެ ވޭނަށް ވަނީ ހުށައެޅިފަ . ބަލީގެ ވޭން ކުޑަ ކުރުމައްޓަކައި ފަރުވާއަށް ބޭނުންވާ ވަރަށް ފައިސާ އަށް އެދެން މަޖުބޫރު ވެފަ." ހަމީދުގެ އިހުސާސް ތައް އަސަރާއެކު"ސީއެންއެމް" އަށް ކިޔައިދެމުން ނަރީޝާ ބުންޏެވެ.

އިތުރަށް ނަރީޝާ ބުނީ ބައްޕަ އޮތީ ބަލި އެނދުގައި އެންމެންގެ އެހީ އަށް އެދި އެދި ކަމަށެވެ. ބައްޕަ އަކީ ކުރިންވެސް ޔޫރިންގަ ހިލަ އުފަދޭ މީހެއް ކަމަށާއި، އެގޮތަށް ހިލަ އުފެދި ޑޮކްޓަރަށް ދެއްކުމުން ބޭސްދީ އެކި ގޮތްގޮތުން ހިލަ ދުއްވާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރު ޑިސެމްބަރު މަސްތެރޭގައި ބައްޕަ ހުން އައިސް މާބޮޑަށް ބަލިވާތީ މާލެއަށް ގޮސް ޑޮކްޓަރަށް ދައްކައި އިންޑިއާއަށް ދިޔަ ކަމަށެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނު އިރު ކިޑްނީ ފެއިލްވެ ދެކިޑްނީގެ ވެސް މަސައްކަތް ކުރަނީ އެންމެ ތިން އިންސައްތަގައި ކަމަށް ނަރީޝާ ބުންޏެވެ.

your imageމުހައްމަދު ހަމީދުގެ ބަލީގެ ހާލަތު އަންގައިދޭ ލިއުން

އޭގެ ފަހުން ދުވަސްތައް ފާއިތުވެ، ޑޮކްޓަރު ވިދާޅުވި ކަމަށް ނަރީޝާ ބުނީ ބައްޕަ އަށް ޑަޔަލިސިސް ހަދަން ޖެހޭ ކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗުން ޑަޔަލަސިސް ހަދަމުން ދިޔައިރު ނާރުގެ މައްސަލައެއް ހުރެ، ޑަޔަލަސިސް ރަނގަޅަށް ނުހެދޭ ކަމަށެވެ. 

"ޑަޔަލިސިސް ހަދަން ފެށި ފަހުން ބައްޕަ ވިހަވާން ފެށީ." ނަރީޝާ ބުންޏެވެ.

އެހާ ހިސާބުން ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށް އިންޑިއާ އަށް ދިއުމަށް މަޖުބޫރުވިއެވެ.

ލޭގެ ގުރޫޕް ދިމާނުވާތީ ދަރިންގެ ތެރޭގައި ކިޑްނީ މެޗް ވާނެ ފަރާތެއް ވެސް ނެތް ކަމަށް ނަރީޝާ ބުންޏެވެ. އަދި މަންމަ (އާމިރާ އަލީ، މ. ދިއްގަރު) ލޭގެ ގުރޫޕް އާ ދިމާނުވާ ކަމަށާއި، ބައްޕަ އާ އެއްބަނޑު އެއްބަފާ އެފަދަ ފަރާތެއްވެސް ނެތް ވެސް ކަމަށެވެ.

އެހެން ނަމަވެސް މިހާރު ކިޑްނީ ޑޯނާ އެއް ލިބިފައިވާ ކަމަށް ނަރިޝާ ބުނެއެވެ. ޑޮކްޓަރު ލަފާ ކުރައްވަނީ ބައްޕަ އަށް ޑަޔަލަސިސް ހެދެން އޮތީ ބައްޕަގެ ހަށިގަނޑުގައި ބައެއް މާއްދާތައް ދަށް ކުރެވިގެން ކަމަށެވެ.

މާލެއިން ޑަޔަލަސިސް ހަދަމުން ދިޔައިރު ބައްޕަ އެއްކޮށް ކުލަ ބަދަލުވެ ވިހަވާން ފެށީ. އަބަދު ހޮޑުލެވި ބޯ އަނބުރާ ނުތެދުވެވި އޮންނަން ޖެހުނީ. އެހެންވެ އިންޑިއާ ގައި މި ތިބީ. ޑޮކްޓަރު ބުނަނީ ވީހަވެސް އަވަހަކަށް ޓްރާންސްޕްލާންޓް ހެދުމަށް. ޑޯނާއެއް ލިބިފަ އެބަހުރި. އެހެން ނަމަވެސް އޮޕަރޭޝަނަށް ބެނުންވާ ވަރަށް ރުފިޔާ އެއްނެތް. ބައްޕަގެ މުޅި އޮޕަރޭޝަނާއި ހުރިހާ ކަމަކަށް  ދިހަ ލައްކަ ރުފިޔާގެ ހަރަދުވޭ. ތިމާގެ އާއިލާގަ ވެސް އެބަތިބި ރަނގަޅު މީހުން. އެހެން ނަމަވެސް އަޅާލާނެ މީހެއް ނެތް. ބަލިވީމަ އެންމެންވެސް ދޫކޮށްލީ. އާދޭސް ކުރަން ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވެދީ އެހީވެދީ،" ނަރީޝާ ވަރަށް ދެރަވެފަ ތަކުރާރު ކޮށް ބުނަމުން ދިޔައެވެ.

މިދިޔައަހަރު ޑިސެމްބަރު 27 ގައި އިންޑިއާއަށް ދިޔަފަހުން އިންޑިއާގެ ޖީޖީ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް އިންޑިއާގައި ތިންމަސް ހޭދަ ވެފައިވާ ކަމަށާއި، ބައްޕަ ކޮންމެ ދެރޭއިން އެއްރޭ އެމެޖެންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހޭ ކަމަށް ނަރީޝާ ބުނެއެވެ. 

އިންޑިއާގައި ހުރުމާއި ކެއުމާއި އެހެނިހެން ކަންކަމަށް ފައިސާ ބޭނުންވާތީ ނަރީޝާ ބުނީ ފައިސާ އިތުރަށް ލިބޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. 

މިހާރު ނަރީޝާގެ ފިރިމީހާ ޒައިދުﷲ ޖަމީލު އޮޕަރޭޝަނަށް ބޭނުންވާ ވަރަށް ފައިސާ ހޯދުމަށް އިތުުރުގޮތެއް ފެނޭތޯ އާއި، ފައިސާގެ އެހީތެރި ކަމެއް ލިބޭތޯ ރާއްޖެ އަށް އައިސްފައިވާ ކަމަށް ވެސް ނަރީޝާ ބުންޏެވެ.

ޑޮކްޓަރު ލަފާދެއްވަނީ ވީހާވެސް އަވަހަކަށް ބައްޕަގެ އޮޕަރޭޝަން ކުރުމަށެވެ. މި ފެށޭ ރަމަޟާން މަހު ފުރަތަމަ ހަފްތާގައި އޮޕަރޭޝަން ކުރުރުމަށް ތައްޔާރު ވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ނަރީޝާ ބުންޏެވެ.

"ބައްޕަގެ ހާލު ދެރަވަމުން ދާތީ މިހާރު ތެޅި ފޮޅެމުން މި ދަނީ އެހާ ހިސާބަށް ބައްޕަގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ހަމަ ކުރެވޭތޯ،" ނަރީޝާ ބުންޏެވެ.

ޑަޔަލަސިސް ހަދަމުންދާއިރު ބަރާބަރަށް އާސަންދަ ލިބޭކަމަށާއި، އެހެން ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަނަށް އާސަންދަ ނުލިބޭނެ ކަމަށް އާސަންދައިން ބުނެފައިވާ ކަމަށް ނަރީޝާ ބުންޏެވެ.

ހަމީދުގެ ދަރިފުޅު ނަރީޝާ އެދެނީ ފައިސާގެ އެހީ ދެވެން ނެތް ފަރާތްތަކުން ވެސް ބައްޕަ އަށް ހެޔޮ ދުއާ ކޮށްދިނު މަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

ގުޅޭނެ ނަމްބަރު: ޒައިދުއްﷲ ޖަމީލު (ދަނބިދަރި) އަދި އާއިމިނަތު ނަރީޝާ (ހަމީދުގެ އަންހެން ދަރި) 919895390017+ އިންޑިއާ ނަމްބަރު

ވައިބާ ނަމްބަރު: (އާމިރާ އަލީ، ހަމީދުގެ އަންހެނުން) 9583030

އެކައުންޓު ނަންބަރު (ބީއެމްއެލް ދިވެހި ރުފިޔާ): 7712441009101 (މުހައްމަދު ހަމީދު)

ޑޮލަރު އެކައުންޓު ނަންބަރު: 7730000364588 (އައިމިނަތު ނަރީޝާ)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް