ads
ގާޒީ ސަމީރު. ފޮޓޯ: ޖޭއެސްސީ
ޖިންސީ ފުރައްސާރަ އަކީ އާދައިގެ ކަމަކަށް ހެދި ގާޒީއަކަށް ފިޔަވަޅު އަޅަނީ
ޖިންސީ ފުރައްސާރައަކީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވި ގާޒީއަކަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅަން ނިންމީ ޑްރަގް ކޯޓުގެ (ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ) ގާޒީ މުހައްމަދު  ސަމީރަށެވެ. އެއީ ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި އޭނާ އަމަލު ކުރެއްވި ގޮތުންކަމަށް ޖޭއެސްސީން މިއަދު ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނީ އެ މައްސަލަ ރައްދުވާ ފަރާތުގެ އެ އަމަލަކީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް އޭނާ ވާހަކަ ދައްކަވާފައި ކަމަށާއި, ބަންދުގައި ބަހައްޓަން ނިންމެވީ ބަންދުން ދޫކޮށްލައިފިނަމަ ނޫސްތަކުގައި އެ ވާހަކަ ޖަހާނެތީކަމާއި, އަބަދުވެސް ގޯސްވެފައި އޮންނަނީ ކޯޓު ކަމަށް ބުނެ މުއްދަތު މަޖިލީހުގައި އޭނާ ވާހަކަ ދެއްކެވިކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. 

ޖޭއެސްސީން ބުނީ ގާޒީ ސަމީރުގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި, ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ, އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އޭނާއަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ. 

އެ ގޮތަށް ނިންމީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަނުގެ މި އަހަރުގެ 17 ވަނަ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް