ads
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަދައްކަވަނީ.
ރައީސް ނަޝީދުގެ "ހިތް ފަޅައިގެން" ހިނގައްޖެ
މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ބަންދުގައި ބެހެއްޓި ވަގުތުތަކުގައި ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާކަމަށް ވިދާޅުވުމުން, ''ހިތް ފަޅައިގެން ހިނގައްޖެ'' ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.
Advertisement

ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި, އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގައި ސައީދު ހައްޔަރުކުރިީ ހުކުރު ދުވަހުގެ ހަވީރު މަސްވެރިންގެ ޕާކު ސަރަހައްދުންނެވެ. އެ ގޮތުން އެ ރޭގެ ވަގުތެއްގައި ދޫނިދުއަށް ގެންގޮސްފައި, ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރިއެވެ. ކޯޓަށް ހާޒިރުުކުރުމުން ޝަރުތު ތަކާއެކު ދޫކޮށްލީއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރަން ލިބިވަޑައިގެންނެވި ފުރުސަތުގައި ސައީދު ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށް ފަހު އަމަލުކުރީ އިންސާނުންނާ މެދު އަމަލުކުރަންޖެހޭ ގޮތަކަށް ނޫން ކަމަށެެވެ. 

ސައީދު ވިދާޅުވީ އޭނާ ހުންނެވި ގޮޅީގެ ފާހާނައިގެ މަތީގައި ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ އިމްރާން ޖަލަށް ގެނެސްފައި ހުރި އިސްލާހު ކަމަށާއި, އެއީ މީހުންގެ އޮރިޔާން ބަލަން އިމްރާން ޖަލަށް ގެންނެވި އިސްލާހެއްތޯ ވެސް ސައީދު ސުވާލު ކުރެއްވި އެވެ.

"މިއީތޯ އެމްޑީޕީގެ އެޖެންޑާ 19 ތަފާތުވާ ގޮތަކީ. ކޮން ހިއުމަންރައިޓްސްއެއް ތޯ މީ'" ސައީދު ސުވާލު ކުރެއްވި އެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހާ 24 ގަޑިއިރު ނުވަނީސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ގާނޫނު ލާޒިމްކުރެއެވެ. އެކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުން ބޭއްވީ ބަކަރި ކޮށްޓެއްގެތެރޭގައި ކަމަށެވެ.

"ބަކަރި ކޮށްޓެއްގެ ތެރެއަށް ގެނެސް އަށް ގަޑިއިރު ވަންދެން ޕްލާސްޓިކް ގޮނޑީގައި 17 މީހުން ގެނެސް ބޭތިއްބީ. މީ ކޯޓޯ'" އޮންލައިންކޮށް ބޭއްވި އަޑު އެހުމުގައި ސައީދު އިންނެވި ކޮޓަރި އާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވަމުން ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އޭނާ އާ މެދު އެފަދައިން އަމަލުކުުރިއިރު މަޖިލީހުގެ ރައީސް އާއި, އެމްޑީޕީ މެންބަރުން ވެސް ތިއްބެވީީ ހަނު ކަމަށެވެ.

އެ ގޮތުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ސައީދަށް ދިމާވި އަނިޔާވެރި ގޮތުން ''ހިތްފަޅައިގެންދާ'' ކަމަށެވެ. 

"ތިޔަ ވިދާޅުވީ 24 ގަޑިއިރު ގޮޅީގައި އިންނަވަން ޖެހިވަޑައިގަތުމާއި އަދި ގޮނޑިއެއްގައި ބައިންދަވާފައި އިންނަވާން (ޖެހިވަޑައިގަތުމުން).. އަޅުގަނޑު ވެސް ހިތް ފަޅައިގެންދޭ,"ނަޝީދު ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ މުޒާހަރާގައި ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ގައްސާން މައުމޫން ވެސް ހައްޔަރު ކުރި އެވެ. އެއީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި, އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގައެވެ. ސައީދެ ކޭ އެއްފަދައިން އޭނާ ވެސް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ ޝަރުތުތަކަކާއެކީ ގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް