ads
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު--
ރަމަޟާން މަހާ ދިމާކޮށް އޮފީސް ތަކުގެ ގުރުއާން މުބާރާތެއް ބާއްވަނީ
ރަމަޟާން މަހާ ދިމާކޮށް އޮފީސްތަކުގެ ގުރުއާން މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ، މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކީރިތި ގުރުއާން ކިޔަވަން ޝައުގު ވެރިކަން ހުންނަ ފަރާތްތައް ތިބުމުން ކަމަށާއި، ގައުމީ މުބާރާތް ތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ އަދި ފުރުސަތު ނުލިބޭ ފަރާތްތަކަށް ފުރުސަތު ހޯދައި ދިނުމަށްޓަކައި ކަމަށެވެ.

އަދި މި މުބާރުތުގައި ކޮލެޖު ޔުނިވަސިޓީ ތަކާއި، އަދި އޮފީސްތަކާއި، ކުންފުނި ތަކަށްވެސް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އުއްމީދު މި ކުރަނީ ރަމަޟާން މަހުގެ ދެވަނަ ދިހަ އެއް ފެށޭ އިރު މި ގުރުއާން މުބާރާއް ބޭއްވޭނެ ކަމަށް."މިނިސްޓަރު ވިދާޅު ވިއެވެ.

އިސްލާމިކު މިނިސްޓްރީން ވަނީ ރަމަޟާން މަހަށް ހާއްސަކޮށް ދީނީ ހޭލުންތެރި ކަން އިތުރު ކުރުމަށް މާލެއާއި ހުޅުމާލެ އަދި ވިމާލެ ހިމެނޭހެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައެވެ. އަދި ޓީވީ އިން ދުރައްދައްކާ ގޮތަށް ދީނީ ގިނަ ޕްރޮގްރާމް ތަކެއް ކުރިއަށް ގެންދިއުމަށްވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް