ads
ވިކީގެ ފުރަތަމަ ބިރުވެރި ފިލްމުގެ ޓްރެއިލާ ނެރެފި
ބޮލީވުޑުގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، ވިލީ ކޯޝަލް މަސައްކަތްކުރާ ފުރަތަމަ ބިރުވެރި ފިލްމު ކަމަށްވާ "ބޫތު"ގެ ޓްރެއިލާ ނެރެފިއެވެ.

ފިލްމުގެ ޓްރެއިލާ ނެރެފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ޓަރެއިލާ އިން ވަރަށް ބިރުވެރި މަންޒަރުތަކެއް ފެނިގެންދާއިރު ބިރުވެރި ކަންތައްތައް ދިމާވަނީ ބޯޓެއްގެ ތެރެއިންނެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ފިލްމަކީ މުމްބާއީގައި ކުރިން ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ނެރޭ ފިލްމެކެވެ. 

ފިލްމުގެ ލީޑު ބަތަލާގެ ރޯލުން ބޫމީ ފެޑްނެކާ ފެނިގެނިގެންދާ އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ.

ޑައިރެކްޓަރު ބަނޫ ޕްރަތާބް ސިން ޑައިރެކްޓު ކުރާ އެ ފިލްމު ހާއްސަވާ ސަބަބުތައް އެބަހުއްޓެވެ. އެގޮތުން ލޯބީގެ ފިލްމުތައް އާންމުކޮށް ޕްރޮޑިއުސް ކުރާ ކަރަން ޖޯހަރަކީ މި ފިލްމުގެ ޕްރޮޑިއުސަރެވެ. މިއީ ކަރަން ވެސް ބިރުވެރި ފިލްމެއްގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.



އުމުރުން 31 އަހަރުގެ ވިކީ ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު "ރާޒީ"ގައި މަސައްކަތް ކުރި ފަހުންނެވެ. އޭގެ ފަހުން ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެމުން އަންނައިރު "ސަންޖޫ" އާއި "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް