ads
ފޮޓޯ/ ގޫގްލް
ހިޔާނާތްތެރިވީ ފިރިމީހާގެ ކުރިމަތީގައި! ފަހުން ކުރަން ޖެހުނީ އާދޭސް!
އެންހޯދުމަށް ކުރާ ޑައިވިން ތަކުގައި އެތައް ޒުވާނުން މަރުވެ، ދަރިން ޔަތީމުވެ ވެފައި އެބަ ތިއްބެވެ. އެތައްޒުވާނުން ނުކުޅެދޭ ހާލުގައި ޖެހި ފުރޮޅުލީ ގޮނޑީގައި އިންނަންޖެހިފައި އެބަ ތިއްބެވެ. އެގޮތުން އަޔާޒުގެ ހަޔާތަށްވެސް ކުރިމަތިލާން ޖެހުނީ އެފަދަ ހާދިސާއަކާ އެވެ. (މިވާހަކަ އަކީ ރާއްޖޭގެ ރަށެއްގައި ހިނގާފައިވާ ހަގީގީ ހާދިސާ އެއްކަމަށް ދެކެވޭ ވާހަކަ އެކެވެ. މިވާހަކަ ލިޔެފައިވަނީ ވާހަކައިގެ އަވައްޓެރިންގެ ގޮތުގައި ހިމެނޭ ފަރާތެއް ކަމަށްވާ ފިރާޝާ ކަން ހިނގި ގޮތް ކަމަށް ބުނެ ވާހަކަ ދައްކާފައިވާ ގޮތަށް ކޮންމެވެސް ވަރެއްގެ ބަދަލު ތަކާ އެކުގައެވެ. މިވާހަކައިގައި މީހުންގެ ނަންތަކުގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ އެ މީހުންގެ އަސްލު ނަމެއް ނޫނެވެ.)
Advertisement

ދިރިއުޅުމަށް މަސައްކަތްކޮށް އާމްދަނީ ހޯދުމަށް އަޔާޒު މަހައްގޮސް ބުރަ މަސައްކަތް ކުރަމުން ދިޔައީ ދިރިއުޅުން އާރާސްތު ކުރުމަށެވެ. އަނބިމީހާ އާއި ދަރިންނަށް މީރު ކާތަކެއްޗާއި ރީތި ހެދުން ހޯދައި ދިނުމަށެވެ. އެހެން ނަމަވެސް އަޔާޒުގެ މުޅި ދިރިއުޅުން ވިއްސި ވިހާލިވީ މަހަށްގޮސް ރަށާ މާދުރުގައި އޮތް ފަރެއްގައި އެންހޯދުމަށް ޑައިވިނަށް ގޮސްއޮއްވަ އެވެ.

މަސްވެރިކަން ކުރަން ޑައިވިނަށް ގޮސް ހިނގާ ހާދިސާ ތަކަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެހެން ނަމަވެސް އަޔާޒު މޫދަށް ފޭބީ އެފަދަ ދުވަހެއް އައިސްދާނެ ކަމަކަށް ނޫނެވެ. އެންވެރިކަން ރަނގަޅު ދުވަސްކޮޅެއް ކަމުން އެން ހޯދާށެވެ. ފަހަރެއްގަވެސް ދިރިއުޅުމަށް އެފަދަ ބަދަލެއް އައިސްދާނެ ކަމަކަށް ނޫނެވެ. ޑައިވިން ސާމާނުވެސް ބޭނުން ކޮށްގެން އަޔާޒު ދޯނީގެ އެހެން ކުދިންނެކޭ އެއްގޮތަށް މޫދަށް ފޭބިއެވެ. 

މޫދަށް ފޭބިތާ ފަނަވަރަކަށް މިނެޓް ތެރޭގައި، އަޔާޒަށް ހޭވެރިކަންވީ ދޯނީގެ ތައްޓުމަތީގައި ދޯނީގެ ފަޅުވެރިން އޭނާ އަށް އެހީތެރިކަން ދެމުން ދަނިކޮށެވެ. އޭރު އަޔާޒު އޮތީ ފޫޅުން ތިރި ވާގި ނެތިފައެވެ. ދޯނި ބާރަށް ދަތުރު ކުރަމުން ދިޔައީ ކައިރީގައި އޮތް ރަށާއި ދިމާލަށެވެ. އަވަހަށް ރަށު ސިއްހީ މަރުކަޒަށް އަޔާޒު ގެންދެވުނެވެ. އަދި ރަށުން ދެވެން އޮތް ފަރުވާއެއް ދިނުމަށްފަހު މާލެ ގެންދިޔައެވެ.

އަޔާޒަށް ލިބެން ޖެހޭ ފަރުވާ ލަސްވުމުގެ ސަބަބުން އަޔާޒަށް ނުހިނގޭނެ ކަމަށް ޑޮކްޓަރު ބުންޏެވެ. އެހާ ހިސާބުން އަޔާޒު ފުރޮޅުލީ ގޮނޑިއެއްގައި އިންނަން މަޖުބޫރު ވިއެވެ. އެންމެ ޒުވާން އުމުރުގައި އަނބިމިހާގެ އެހީތެރި ކަން ހޯދަން އަޔާޒަށް މަޖުބޫރުވީ އެވެ.

ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހި އަޔާޒުގެ އަންހެނުން ފަޒީނާގެ ފަރާތުން ފެންނަމުންދިޔަ މަންޒަރު ތަކަށް ކެތް ނުކުރެވޭހާލު ކަރުނަ ހިންދާލުން ނޫން ގޮތެއް އަޔާޒަކަށް ނެތެވެ. އަޔާޒުގެ ހިތް، ވޭނާއި ކެކުޅުމުގައި ހޭދަ ކުރަން ޖެހޭނީ ކިތައް ދުވަހު ކަމެއް ނޭގުނަސް އަޔާޒް ވަނީ އެ އުނދަގޫ ދުވަސް ތައް ހޭދަ ކުރުން ނޫން ގޮތެއް ނެތް ކަމަށް އަވަށުގެ ބައެއް މީހުންގާތުގައި ބުނެފައެވެ.

ކާނެ އެއްޗެއް ބޯނެއެއްޗެއް ނުލިބި، އަނަރޫފަ ވެފައި އިންނަން ޖެހުނު ހާލު، އަޔާޒު ކެތްކުރީ ދަރިންނަށްޓަކައި އަނބިމީހާއާ ޒުވާބު ނުކުރުމަށެވެ. ކުރާނެ ކަމެއް، ހަދާނެ ގޮތެއް ނޭނގި މަޖުބޫރުހާލުން ވެސް އަރައިގަނެވޭނެ ގޮތެއްވެސް ނޭނގޭތީ އެވެ. 

ދުވަސްތައް ފާއިތުވަމުންދެއެވެ. އަޔާޒުވެސް އޭނާގެ ހާލަށް ކެތް ކޮށްލައިގެން ހުރެއެވެ. އެހެންނަމަވެސް ދެން ކުރިމަތިވި ކަންކަމަކީ އަޔާޒުގެ ހިތަށް ކުޅަދާނަ ކަންކަމެއް ނޫނެވެ. އަޔާޒު ލޯމަތިން ފެންނަމުން ދިޔައީ އަނބިމީހާ ހިލޭ ފިރިހެނުންނާއި އެކު ނަހަމަ ގުޅުން ހިންމުން ދިޔަ މަންޒަރެވެ.

ރޭގަނޑަށް އިރު އޮއްސުމުން ހަލާލު ފިރިއެއް ކުރިމަތީގައި އިންނަ ކަމެއް ފަޒީނާ އަކަށް ނުވިސްނެއެވެ. މާތް ރަސްކަލާގެ ކޯފާއެއް އައިސްދާނެ ކަމަށް އޭނާ ބިރެއް ނުގަނެއެވެ. ނިކަމެތިވެ، އަނަރޫފަ ވެފައިވާ ފިރިމީހާ ކުރިމަތީގައި ނަހަމަ ގުޅުން ހިންގަމުން ދިޔައިރު އެ ބިރުކުޑަ އަންހެންމީހާ ހީކުރީ އޭނާ އާ ގުޅުން ހިންގަން އައި ފިރިހެނުން އޭނާގެ ރީތި ކަމާ ޗާލުކަމަށް އޭނާ އާ އިންނާނެ ކަމަށެވެ. 

ފިރިމީހާ އަށް ހިޔާނާތްތެރި ވަމުން އައި ފަޒީނާ އެންމެ ފަހުން ނަހަލާލަށް ބަނޑު ބޮޑު ވިއެވެ. ދަރިއާ ހަވާލުވާނެ ފިރިހެނަކު ނުވެ ފަޒީނާ ތެޅި ފޮޅެމުން ދިޔައެވެ. އެ ދަރި އަޔާޒުގެ ދަރި އަކަށް ހެދުމަށް އަޔާޒު ކައިރީގައި އާދޭސް ކުރަމުން ދިޔައެވެ. މުޅި ދުނިޔެއަށް އެކަން ސިއްރު ކޮށް ދިނުމަށް އެދި އެ ނުކުޅަދޭ ފިރިހެންމީހާ ފައިބުޑަށް ވެއްޓެން ޖެހުނެވެ. 

އެ ހުރިހާ ކަމެއް އަޔާޒާއި ކުރިމަތިވެ އޭގޭތެރެއިން ހިނގަމުން ދިޔައިރު، އަވައްޓެރިންނަށް އެކަންތައްތައް ސިއްރު ކުރެވިފައިވާ ކަމަށް ފަޒީނާ ހީކުރި އެވެ. ދުނިޔެއަށް ކަމެއް ފަޟީހަތް ކުރައްވަން މެދުވެރި ކުރައްވައިފި ކަމުގައިވާނަމަ އެއީ ލަހެއް ފަހެއް އޮތް ކަމެއް ނޫނެވެ. އަޔާޒުގެ އެ ހިތްދަތި ދިރިއުޅުން އަވައްޓެރިންނަށް އެނގި ފަޒީނާއާ ސުވާލު ކުރި ނަމަވެސް އެނާ އެއްބަހެއް ނުވެއެވެ.

އެހެންނަމަވެސް ގޮތް ހުސްވެފައިވާ އަޔާޒު ކޮންމެ ގޮތެއްވިޔަސް އެ ހާލުގައި ގޮނޑީގައި އިންނަން ޖެހުމާއި އަނބިމީހާ ދެކެ ލޯބިވާތީ އަޔާޒު އެކަމަށް އެއްބަސް ވިއެވެ. އަޔާޒު އޭނާގެ އަނބިމީހާގެ، ގަދަރެއް ނެތް ނަމަވެސް ދުނިޔެ މަތިން އަނބިމީހާގެ ގަދަރަށްޓަކާ އެކަން ސިއްރު ކުރިއެވެ. އެ ނުބައި ނުލަފާ އަންހެނާގެ ފާފައިގެ ތެރެއަށް ކުށެއް ނެތް އަޔާޒު ވައްޓާލާ އަޔާޒަށް އެނގި ހުރެ އޭނާގެ، ނޫން ދަރިއަކަށް ބައްޕަ އެއްގެ ލޯބި ދޭން މަޖުބޫރު ކުރުވާފައެވެ.

މިވާހަކަ ތައް އޭރު ރަށުތެރޭގައި ގަދަޔަށް ދެކެވުނު ކަމަށާއި، އެއީ ދެހާހުގެ އަހަރު ތަކުގެ ކުރީ ކޮޅު ކަމަށް ވެސް މިވާހަކަ ކިޔައިދެމުން އެ މީހުންގެ އަވައްޓެރިއެއް ކަމަށްވާ ފިރާޝާ ބުންޏެވެ.

27%
ކަމުގޮސްފި
64%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް