ads
ފޮޓޯ: ބީބީސީ
ވިލް ސްމިތް އަތުން އޮސްކާ އަތުލަނީ!
އޮސްކާ އެވޯޑްގެ އެންމެ މޮޅު އެކްޓަރުގެ މަގާމު އަލަށް ލިބުނު ވިލް ސްމިތް އަތުން އެ އެވޯޑް ނަގަން ޖެހިދާނެ ކަމަށް އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާސް އާޓްސް އެންޑް ސައިންސަސް އިން ބުނެފިއެވެ.

އިއްޔެ ބޭއްވި 94 ވަނަ އޮސްކާ އިވެންޓް ތެރޭގައި ވިލް ސްމިތް ވަނީ  މަގުބޫލު ޕްރެޒެންޓަރު، އަދި އެކްޓަރު ކްރިސް ރޮކް ޝޯ ހުށައަޅާދެމުން ދަނިކޮށް ސްޓޭޖަށް އަރާ އޭނާގެ މޫނުގައި ޖަހާފައެވެ. އެއާއި އެކު އެތައް ހާސް ބަޔަކު ވަނީ ވިލް ކުރި ކަންތަކަށް ފާޑު ކިޔާ ނުރުހުން ފާޅު ކޮށްފައެވެ. 

ކްރިސްގެ މޫނު މަތީ ވިލް ސްމިތް ޖެހީ، ޝޯގެ ތެރެއިން ވިލްގެ އަންހެނުންނަށް ނިސްބަތްކޮށް ކްރިސް ބުނި ބަހެއްގެ ސަބަބުންނެވެ. އެހެން ނަމަވެސް ކްރިސް އަކީ މީގެ ކުރިންވެސް އެހެން އެކްޓަރުންނަށް މަލާމާތްކޮށް ސަކަރާތްޖަހާ އެކްޓަރެއް ކަމުން ވިލްގެ ފަރާތުން ފެނުނީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. 

މީގެ އިތުރުން ވިލް ސްމިތް ވަނީ ލައިވް ކޮށް ދައްކަމުންދިޔަ އެ ޝޯގައި ހުތުރު ބަހުން ވާހަކަވެސް ދައްކާފައެވެ. އެހެން ނަމަވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވިލް އަށް ލިބުމުން އޭނާ ދެއްކި ވާހަކައައިގައި ކްރިސް ގެ މޫނު މަތީ ޖެހުމުން އެކަމަށް އޭނާ ވަނީ މާފަށް އެދިފައެވެ. 

މިކަމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާސް އާޓްސް އެންޑް ސައިންސަސް އަށް ލިބެން ފެށުމުން ރޭގެ ވަގުތެއްގައި އެ އެކެޑަމީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކަން ހިނގައިދިޔަ ގޮތް މިހާރު ބަލަން ފަށާފައި ވާކަމަށާއި، ފިޔަވަޅު އަޅަންޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ކަމަށެވެ. 

އަދި މި މައްސަލަ ވިލް ސްމިތް އާއި ދެކޮޅަށް ނިމިއްޖެނަމަ އޭނާ އަށް ދިން އޮސްކާ އަތުލާނެ ކަމަށާއި، އެއްވެސް ފާންނާނަކު އަނެއް ފަންނާނަކަށް އެއްވެސް ކަހަލަ އަނިޔާއެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނުން ކަމަށް ވަނީ ބުނެފައެވެ. 

ކްރިސް އަކީ ރިއަލިޓީ ޝޯތައް ހުށައެޅުމުގައި މީގެ ކުރިންވެސް އެތައް ބައެއްގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ. އަދި އޭނާގެ ސަކަ މިޒާޖާއި، ބުނާ ބަސް ބަހުގެ ސަބަބުން އޭނާ ކުރާ ކަންކަމަށް އެތައް ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް