ads
އެއާ އޭޝިއާގެ ސީއީއޯ ޓޯނީ ފެނަންޑޭޒް-- ފޮޓޯ: ގެޓީ އިމޭޖަޒް
ކޮރަޕްޝަން މައްސަލައާ ގުޅިގެން އެއާ އޭޝިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި
އޭޝިއާގެ އެންމެ ބޮޑު ބަޖެޓު އެއާލައިން، އެއާ އޭޝިއާއާ ދެކޮޅަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އެ އެއާލައިނުގެ ސީއީއޯ ޓޯނީ ފެނަންޑޭޒް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެއާ އޭޝިއާއަށް ތުހުމަތު ކުރެވެނީ ފްލައިޓު އުފައްދާ ކުންފުނި، އެއާބަސްގެ އަތުން ރިޝްވަތު ނެގި ކަމަށެވެ. އެއާބަސްއަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނިން މިހާރު ވަނީ 3.6 ބިލިއަން ޑޮލަރުގެ ޖޫރިމަނާ ވެސް ދައްކާފަ އެވެ.

ޔޫރަޕާއި އެމެރިކާގައި އެއާބަސްގެ ކޮރަޕްޝަން މައްސަލަތައް ބަލަމުން ދިޔައިރު، އެއާ އޭޝިއާގެ ނަން ފެންމަތިވެ، މެލޭޝިއާ އާއި އިނގިރޭސިވިލާތް ގުޅިގެން މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ. 

ސީއީއޯ ޓޯނީ މަގާމުން ދުރުވި ނަމަވެސް، އެއާ އޭޝިއާގެ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ދެމި ހުންނަވާނެ އެވެ. ޓޯނީ އަކީ އިނގިރޭސި ފުޓްބޯޅަ ކުލަބު ކުއީންސް ޕާކް ރޭންޖާޒްގެ ކޯއޯނަރު ވެސް މެއެވެ. 

އިނގިރޭސިވިލާތުން ތައުލީމް ހާސިލް ކުރުމަށް ފަހު، ޓޯނީ ވަނީ 2001 ވަނަ އަހަރު މެލޭޝިއާ ސަރުކާރުގެ އަތުން އެއާ އޭޝިއާ ކުންފުނި ގަނެފަ އެވެ. އޭނާ އެކަމަކަށް ހޭދަ ކުރީ ޑޮލަރަކަށް ވުރެ މަދު އަދަދެކެވެ. 

މިހާރު ޓޯނީ އަކީ މެލޭޝިއާގެ އެންމެ މުއްސަނދި އެކަކެވެ. ޓޯނީގެ އިތުރުން ކުންފުނީގެ ޗެއާމަން ކަމާރުދިިން މެރަނުން ވެސް އިސްތިއުފާ ދޭން ވަނީ ނިންމަވާފަ އެވެ. 

އެންމެ ޑޮލަރަކަށް ގަތް އެއާ އޭޝިއާގެ އަގު އެއް ބިލިއަން ޑޮލަރުގައި މިހާރު އުޅޭއިރު، އެ ކުންފުނިން ކޮރަޕްޝަނުގެ އަމަލެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް