ads
ސޯނަމް އާއި އަމީތާބު---
ސޯނަމްގެ ޕޯސްޓަކަށް އަމީތާބު ޖޯކު ޖަހައިފި
ބޮލީވުޑުގެ މަޝްހޫރު އެކްޓަރެސް ސޯނަމް ކަމޫރު ޓުވިޓާގައި ކުރި ޕޯސްޓަކަށް ކުޅަދާނަ އެކްޓަރު އަމީތާބު ބައްޗަން ޖޯކު ޖަހައިފި އެވެ.

ސޯނަމް ވަނީ މިދިޔަ ހޯމަ ދުވަހު އިރު ވަރަށް ކައިރިން ފެންނަ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު އަމީތާބު ވަނީ އެ ފޮޓޯ ވައްތަރީ ކާއެއްޗަކާ ކަމަށް ބުނެފަ އެވެ.

އެގޮތުން ވައްތަރީ "ޗިއްކީ" ނުވަތަ ފޮނި ބަނދަންރޮށި ގަނޑަކާ ކަމަށް އަމީތާބު ވަނީ ބުނެފަ އެވެ. އަމިތާބުގެ އެ ޕޯސްޓަށް ގިނަ ބަޔަކު ވަނީ ތާއީދުވެސް ކޮށްފަ އެވެ.

"ނީރްޖާ" އާއި "ސަންޖޫ" އަދި "ޕްރެމް ރަތަން ދަންޕާޔޯ"ގެ އިތުރުން "ވީރޭ ދި ވެޑިން" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ދިޔަ ސޯނަމް އެންމެ ފަހުން ފެނިގެން ދިޔައީ "ދަ ޒޯޔާ ފެކްޓާ" އިންނެވެ. އެ ފިލްމުގައި އޭނާ ފެންދިޔައީ ދުލްގަރު ސަލްމާންއާއެކު އެވެ.

އަމީތާބު އެންމެ ފަހުން ފެނިގެން ދިޔައީ "ބަދްލާ" އިންނެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް