އަފްއާނިސްތާނުގެ ލޯކަލް މީޑިއާއާ އިން ބުނީ، ހޮނިހިރު ދުވަހު ގާދިރު ހައްޔަރުކޮށްފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުހުން ހުރި ކަމަށް ބެލެވިގެންނެވެ.
ނަމަވެސް، އަފްއާނިސްތާނުގެ ހަޖާ ގަރް ޑިސްޓްރިކްޓުގައި ހުއްޓާ ތާލިބާނުން ހައްޔަރުކުރި ގާދިރު ވަނީ އެމީހުންގެ އަތް ދަށުން އާދީއްތަ ދުވަހު ސަލާމަތްވެ، ފިލާފައި ކަމަށް އެ ގައުމުގެ ލޯކަލް މީޑިއާ އިން ބުނެއެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު އަފްއާނިސްތާން ތާލިބާނުން އަތްދަށަށް ގެނައި ފަހުން، އެ ޖަމާއަތަށް އަންނަނީ އައިއެސްގެ ފަރާތުން ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ.
މީގެއިތުރުން، އަފްއާނިސްތާނުގައި އައިއެސް ޖަމާއަތުގެ މީހުން ގިނަވެ، ތާލިބާނަށް އެމީހުންގެ ބާރު އެ ގައުމުގައި ދެމެހެއްޓުމަށްވެސް އަންނަނީ ގިނަ ހުރަސްތަކެއް ކުރިމަތިވަމުންކަން ފާހަގަކުރެވެއެވެ.