ads
ރައީސް ޔާމީން
އިމްރާން ދޮގު ހަދާނެ: ރައީސް ޔާމީން
އަދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގު ހެދުމަކީ އާކަމެއް ނޫން ކަމަށާއި، އިމްރާން އަކީ އަބަދު ވެސް ދޮގު ހަދާ މީހެއްކަމަށް، ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅު ވެއްޖެ އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، މިނިސްޓަރު އިމްރާން ދޮގު ހެދި ކަން އެނގުނީ، މަޖިލީހުގައި ދެއްކެވި ވާހަކައިގެ ސަބަބުން ނޫން ކަމަށާއި، އިމްރާން ކަންކަމުގައި ދޮގު ހަދާކަން މާކުރިން ވެސް ހާމާވެފައި ވާކަމަށެވެ. 

މޭޑޭ މުޒާހަރާގައި މިނިސްޓަރު އިމްރާން ވަނީ ޑރ. އަފްރާޝީމް މަރާލީ ރައީސް ޔާމީން ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ސާބިތު ކުރުމަށް ބޭނުންވާ ކިތާބީ ހެކި ހުރި ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ. 

އެ ވާހަކަ ތަކަށް އަލިއަޅުވާލައްވައި، ރައީސް ޔާމީން ވިދާޅުވީ، އެބުނާ ކިތާބީ ހެކިތައް ހުރި ނަމަ، މިއަދު އިމްރާން ހުންނެވީ ހޯމް މިނިސްޓަރަކަށް ކަމަށާއި، ފުލުހުންގެ މުއައްސަސާ މިނިސްޓަރު އިމްރާންގެ އަތް މަތީގައި އޮތް އިރު އޭރު ހުރި ކިތާބީ ހެކިތައް މިއަދު ވެސް ހުންނަން ވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

އަދި އެބުނާ ހެކިތައް ހުރި ނަމަ، ޑރ. އަފްރާޝީމްގެ ގާތިލް ނުހޯދި ލަސްވެގެންދަނީ ކޮން ސަބަބަކާ ހުރެތޯ ވިދާޅުވެ ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފަ އެވެ. 

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، މިނިސްޓަރު އިމްރާނުގެ ދޮގު ހެދުން އެއީކީ އިއްޔެ މެންދުރުގެ ކަމެއް ނޫން ކަމަށާއި، އެއީ މާ ކުރިއްސުރެ އޮންނަ ކަމެއް ކަމަށެވެ. 

އިމްރާނު ދޮގު ހައްދަވާނެކަމަށާއި އެއީ ދޮގުވެރިއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހުންނެވި އިރު ދޫވެއްސަށް ވަން ފައިސާ ހަލާލުނުވާނެކަމަށް ވިދާޅުވުމަށް ފަހު ވެރިކަން ގެއްލުނު ފަހު އެ ފަދަ ވާހަކައެއް ދައްކަވާފައިނުވާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް