ads
ތ. ފުނައްޑޫ
ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ބޮޑު ހަރަދެއް ދާނީ ބަނދަރަށް: މިފްކޯ
ތ. ފުނައްޑޫގައި މަސް ގަނެ ރައްކާކުރާ ފެކްޓްރީ އަލުން އޮޕަރޭޝަނަށް ގެނައުމަށް އެންމެ ބޮޑު ހަރަދެއް ދާނީ އެ ރަށުގެ ބަނދަރަށް ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
Advertisement

ބޭންކް އޮފް މޯލްޑިވްސް އިން ނެގި ލޯނަކަށް މޯގޭޖްކޮށްފައި އޮތް ފުނައްޑޫ މި ސަރުކާރުން ގަނެ، މިފްކޯއާ ހަވާލުކޮށްފައިވާއިރު، މިފްކޯއިން ވަނީ މި މަހުގެ ހަ ވަނަ ދުވަހު އެ ރަށަށް ގޮސްފައެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެމުން އިސްމާއިލް ވިދާޅުވީ، މިފްކޯގެ ޓީމެއް ފުނައްޑޫއަށް ގޮސް ރަށް އަލުން އޮޕަރޭޝަނަށް ގެނައުަމަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން އެސެސްމަންޓްތައް ހަދަން ފަށާފައިވާ ކަމަށާއި، ލަފާކުރެވޭ ގޮތުގައި އޮޕަރޭޝަނަށް ގެނައުމަށް އެންމެ ބޮޑު ހަރަދެއް ދާނީ ބަނދަރަށް ކަމަށެވެ. 

ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި ބަނދަރާއި، އެތަނުގައި މެޝިނަރީތައް ބޭނުންކުރެވޭ ގޮތް ހެދުން ކަމަށާއި، ހެދި އެސެސްމަންޓްތަކުން މިހާތަނަށް ބެލިއިރު މެޝިނަރީތައް ބަދަލުކޮށް ގިނަ މަރާމާތުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރެވުނު ކަމަށް އިސްމާއިލް ވިދާޅުވިއެވެ. 

"ރަށް އޮތީ މުޅިން ވީރާނާ ވެފައި. ބޮޑެތި ބަދަލުތަކެއް އެބަ ޖެހޭ ގެންނަން. މި މަހު 6 ވަނަ ދުވަހު ރަށަށް ޓީމެއް ފޮނުވައިގެން ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ އެސެސްމަންޓްތައް މިދަނީ ހަދަމުން. ބޮޑު ހަރަދެއް ދާނެ ކަމަށް ލަފާކުރެވެނީ ބަނދަރު ހެދުމަށް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހުރިހާ ކަމެއް ވީހާވެސް އަވަހަށް ފުރިހަމަކޮށް ރަށް އޮޕަރޭޓް ކުރަން ފަށަން" އިސްމާއިލް ވިދާޅުވިއެވެ.

ފުނައްޑޫ އޮޕަރޭޓް ކުރަން މި ފަށަނީ އަތޮޅުތަކުގައި ތިބި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމުގެ ގޮތުން ކަމަށާއި، ރަށް އޮޕަރޭޝަނަށް ލެވުމުން އޭގެ ފައިދާ އަތޮޅުތަކަށް ކުރާނެ ކަމަށް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. 

ފުނައްޑޫ ފަޅަކީ ބާނި ބޮޑު ފަޅެއް ކަމުން އެރަށު ބަނދަރުގައި ދޯނިފަހަރު އަޅައިގެން މަސް ކިރަން ދަތިތައް ކުރިމަތިވާއިރު، ކޮންމެ މޫސުމެއްގައިވެސް އެރަށު ބަނދަރުތެރެ ވަރަށް ގަދަކަމަށް މައުލޫމާތު ލިބެއެވެ.

ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓްކުރަން 2004 ވަނަ އަހަރު ތަރައްގީކުރަން ފެށި ރަށެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް