ads
ވެލާނާގެ-- ފޮޓޯ: މުހައްމަދު ޝަރްހާން
މިއަދު ރޯދަ އިނާޔަތް ދީ ނިމޭނެ: ފިނޭންސް
ކުރިޔަށް އޮތް ރޯދަ މަހު ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ދޭން ޖެހޭ ރޯދަ އިނާޔަތް މިއަދު ދީ ނިމޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސްގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް ވިދާޅުވީ، ސަރުކާރުގެ ބައެއް އޮފީސްތަކުގެ މުވައްޒަފުންނަށް މިހާރު ވެސް ވަނީ ރޯދަ އިނާޔަތް ޖަމާކޮށްފައި ކަމަށާއި، ރޯދަ އިނާޔަތް ޖަމާ ނުކުރެވި އޮތް 10 އޮފީހަކަށް މިއަދު ރޯދަ އިނާޔަތް ޖަމާ ކުރުމާއެކު ސަރުކާރު ހުރިހާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދީ ނިމޭނެ ކަމަށެވެ. 

ރޯދަ އިނާޔަތް ދިނުމުގައި ލަސްތަކެއް ދިމާވީ ބައެއް އޮފީސްތަކުން މުސާރައަކީ އިނާޔަތް ޖަމާ ކުރުމަށް ހުށަހަޅާފައިވުމުން ކަމަށާއި، ނަމަވެސް ގާނޫނުގައި ބުނާގޮތުން ރޯދަ އިނާޔަތް ޖަމާކުރަން ޖެހޭނީ ރޯދަ މަސް ފެށުމުގެ ކުރިންކަމަށްވުމުން މައްސަލައެއް ދިމާނުވާނެ ކަމަށެވެ. 

ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ބުދަ ދުވަހު ސާކިއުލާއެއް ނެރި، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ހޯމަ ދުވަހުން ފެށިގެން ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ 3،000 ރުފިޔާ ދިނުމަށް ހަނދާން ކޮށްދީފަ އެވެ. 

މީގެ އިތުރުން ރޯދަ އިނާޔަތް ދޭއިރު މުވައްޒަފަކު ސަރުކާރުގެ ދެ ވަޒީފާއެއްގައި މަސައްކަތް ކުރި ނަމަވެސް އިނާޔަތް ދޭން ވާނީ އޭނާގެ އަސާސީ ވަޒީފާ އަށް އެކަނި ކަމަށާއި، އަދި ޕޭލީވް އާއި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ. 

އެހެން ނަމަވެސް ޗުއްޓީ ނިންމާފައި ރޯދަ މަހު ވަޒީފާއަށް ނުކުންނަށް ފަށައިފި ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދު ބަލައި އިނާޔަތުގެ ގޮތުގައި އެ އަދަދު ދިނުމަށް އަންގާފައިވައިރު، ރޯދަ މަހު ވަޒީފާއިން މުވައްޒަފަކު ވަކިވާ ނަމަ އެ މުވައްޒަފަކު ވަކިވާ ތާރީހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދެއް ބަލައި އެ ފައިސާ އަނބުރާ ހޯދަން އެ މިނިސްޓްރީން ވަނީ އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް