ads
އަގުތައް އުފުލެނީ ބޮޑު ކުއްޔާއި ހެދި: އަލީ ހުސައިން
ދިވެހިރާއްޖޭގައި މުދަލާއި ހިދުމަތްތަކުގެ އަގުތައް އުފުލެނީ މާލޭގެ ބޮޑު ކުލީގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގައި މުދަލާއި ހިދުމަތްތަކުގެ އަގުތައް އުފުލެނީ މާލޭގެ ބޮޑު ކުލީގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގަ އެވެ.

އެގޮތުން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ރާއްޖޭގެ އިންފްލޭޝަން ނުވަތަ މުދަލާއި ހިދުމަތުގެ އަގު އުފުލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މާލޭގެ ބޮޑުކުލި ކަމަށެވެ.

"މުދަލާއި ޚިދުމަތުގެ އަގުގެ މައިގަނޑު ބަޔަކީ މާލޭގެ ބޮޑު ކުއްޔަށް އެކިގޮތްގޮތުން ކުރާޚަރަދު." އަލީ ހުސައިންގެ ޓްވީޓްގައި ވެއެވެ.



އަލީ ހުސައިން މިފަދައިން ޓްވީޓެއް ކުރައްވާފައިވާއިރު، މީގެ ކުރިންވެސް އަލީ ހުސައިން ވަނީ މާލޭގެ ކުލި ކޮންޓްރޯލް ކުރުމުގެ މައްސަލައިގައި ޓްވީޓްތަކެއް ކުރައްވާފައެވެ. އެގޮތުން އަލީ ހުސައިން ވިދާޅުވެފައިވަނީ، ދައުލަތުގެ މިލްކުވެރިކަން އޮންނަ ބަންޑާރަ ބިމުގައި އަޅާފައި ހުންނަ އިމާރާތެއްގެ ކުލި ކޮންޓްރޯލުކޮށް ރެގިއުލޭޓު ކުރުމަކީ ދައުލަތައް ނުވަތަ ސަރުކާރަށް ކުރެވޭނެ ކަމެއްކަމަށެވެ.

އަދި މާލޭގެ ކުލީގެ މައްސަލަ ހައްލުކޮށް ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އަލީ ހުސައިން މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި މާލޭގެ ކުލީގެ މައްސަލަަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުޑަކުރުމުން ކަމަށް އަލީ ހުސައިން ވިދާޅުވެފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް