ads
ފޮޓޯ ގޫގްލް
ކުޑަ ކުދިން ރޯދައަށް ބަހައްޓާއިރު މިކަންކަމަށް ސަމާލުވޭ
އަލަށް ރޯދަ ހިފުމަކީ ކުޑަކުދިންނަށް ވަރަށް ކުރާހިތުން ކުރާކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކު ރޯދައަށް ހުންނަން ބޭނުންވާ ކުދިންވެސް ތިބެއެވެ.
Advertisement

ނަމަވެސް ފުރަތަމް ރޯދައަށް ހުންނަ ދުވަހު އެއްޗެއް ނުކައި ހުންނަން ޖެހުމުން ރޯދަ ހިފަން އެކުދިންއަށް އުނދަގޫވެއެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެނާއި ދިޔާތަކެތި ދިނުން

ގިނައިން ދިޔާ ތަކެއްޗާއި ފެން ބުއިމުގެ ސަބަބުން ރޯދައަށް ކުއްޖާ ހުންނައިރު ކަރު ހިއްކުމުން ދުރުކޮށްދެއެވެ. ރޭގަނޑު ގިނައިން ދިޔާތަކެތި ދިނުމަކީ ރޯދައަށް ހުންނައިރު ގެއްލިގެންދާ ފެނުގެ ބައި އަނބުރާ ހަށިގަނޑަށް ލިއްބައިދޭނެ ކަމެކެވެ.

ކުޅި ތަކެއްޗާއި ގޭސްވާފަދަ ތަކެތި އެކުދިން އަށް ރޯދަ ވީއްލަން ނުދިނުން

ދުވާލު އެއްކޮށް ނުކައި ހުރެ ރޯދަ ވީއްލާ ގަޑީ މިކަހަލަ ތަކެތި ދިނުމުން ބަނޑަށް ތަދުވުމާއި ހޮޑުލެވުން ފަދަ ކަންތަކާއި ކުރިމަތިލައެވެ.

ކުދިން ރޯދައަށް ހުންނަ އިރު ކުއްޖާއެކު ވަގުތު ހޭދަކުރުން

ރޯދައަށް ކުއްޖާ ހުންނަ ވަގުތު ކުއްޖާ އެކު ވަގުތު ހޭދަކޮށް، އަޅުކަން ކުރުމުަގައި އާއި ކުޅެ ހެދުމުން ބަނޑުހައި ވުމާއި ކަރުހިއްކުން ހަނދާން ނެތޭ ގޮތް ވެއެވެ. އެގޮތުން ހަވީރި ވަގުތުގައި ކުއްޖާ ގޮވައިގެން ބޭރަށް ގޮސްލައި ހެދިދާނެއެެވެ. 

ރޯދަވީއްލާ ގަޑީ މާގަދައަށް ކާން ނުދިނުން

ދުވާލު އެއްކޮށް ނުކައި ހުރުމަށް ފަހު ރޯދަ ވީއްލާ ގާޑީގައި ގިނައިން ކެއުމަކީ ކުޑަ ކުދިންގެ އިތުރުން ބޮޑެތި މީހުންވެސް ކުރާކަމެކެވެ. ނަމަވެސް އެއްފަހަރާ މާގިނައިން ކެއުމުން ވަރުބަލިކަމާއި، ލޮޑުކަން އިތުރުވެ، މަތިންއެރުމާއި، ގޭހުގެ އުދަނގޫތައް ކުރިމަތިވާގޮތް ވެއެވެ.

ކުޑަ ކުދިން ރޯދައަށް ބެހެއްޓުމުގައި އެންމެ މުހިއްމު ސަމާލުކަމެއް ބެލެނވެރިން ދޭންވީ ހާރު ކެއުމުގައެވެ. އެގޮތުން ވީހާ ވެސް ލަސްކޮށްފައި ކާން ދިނުން ބުއްދިވެރިއެވެ. ހާރު ކާން ދިނުމަށް ފަހު ރަނގަޅަށް ފެން ކުއްޖާ އަށް ދިނުމަކީ ވެސް މުހިއްމު ކަމެކެވެ. 

ހާރުގަޑީގައި ދޭ ކާތަކެތީގައި ކާބޯހައިޑްރޭޓް، ޕްރޮޓީން އަދި ފައިބަރުން މުއްސަދި ކާބޯތަކެތީގެ ބާވަތްތައް ހިމަނާށެވެ. އެގޮތުން ބަތް، ޕާން، ބިސް، ކުކުޅުމަސް، ކަނޑުމަސް، ޔޯގަޓް، ޗީޒު، އޯޓު ފަދަ ތަކެތި ދެވިދާނެ އެވެ. މިފަދަ ތަކެތީގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑުގައި ހަކަތަ ހުރެ، ގިނައިރު ވަރުބަލިވިޔަނުދީ ހިފަހައްޓައިދިނުމުގެ އިތުރުން ގިނައިރު ބަނޑުހައިނުވެ ހުންނާނެ އެވެ.  

މީގެ އިތުރުން މޭވާ އާއި ތަރުކާރިގެ ބާވަތްތައް އެކުދިން ގަޔާވާނެ ކަހަލަ ބައްޓަމަކަށް ހަދައި ދިނުމުން ވެސް ކެއުމުގައި ޝައުގުވެރިވާނެއެވެ. 

81%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް