ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާއަށްފަހު ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން ގަރާރު އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޒާހިރު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ދިވެހިރާއްޖެއާ އިސްލާމީ ބައެއް ގައުމުތަކަށް ފެނިފައި ވާތީ މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.
މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުން ރާއްޖޭގެ މިސްކިތްތަކުގައި މިރޭ ތަރާވީސް ނަމާދު ކުރުން އޮންނާނެއެވެ.