ads
އިއޯނި ސުލިވާން ، 37
އަހަރެން އިސްލާމްވީ ކީއްވެ؟
ދިމާކުރުން އިތުރުވި ވަރަކަށް ﷲއަށް ކުއްތަންވުންވެސްވީ އިތުރު
އަހަރެންގެ ނަމަކީ އިއޯނި ސުލިވާން އެވެ. އަހަރެން މަސައްކަތް ކުރަނީ އިނގިރޭސި ވިލާތުގެ އީސްޓްސަސެކްސްގެ ލޯކްލް އޮތޯރިޓީގައެވެ. އު،ުރަކީ 37އެވެ. އަހަރެންނަކީ އެއަވަށުގައި ބުރުގާ އަޅައިގެން އުޅޭ ހަމައެކަނި މީހާއަށް ވެދާނެއެވެ. އަހަރެން މިހާރު އުޅެނީ މުސްލިމަކާ ކައިވެނި ކޮށްގެންނެވެ. ދެދަރިންވެސް އެބަތިއްބެވެ.
Advertisement

އަހަރެން އުފަންވީ މެދުފަންތީގެ އާއިލާއަކަށެވެ. އެއާއިލާއަކީ ދީން ގަބޫލު ނުކުރާ އާއިލާއެކެވެ. އަހަރެން މަތީ ތައުލީމު ހާސިލް ކުރީ ކެމްބްރިޖް ޔުނިވާސިޓީގައެވެ. އހަރެންގެ ބައްޕައަކީ ޕްރޮފެސަރެކެވެ. މަންމަ އަކީ ޓީޗަރެކެވެ. 

ތައުލީމީ ހަޔާތް ނިންމުމަށްފަހު އަހަރެން މަސައްކަތް ކުރި ގައުމުތަކުގެ ތެރޭގައި މިސްރު، ޖޯޑަން، ފަލަސްތީން އަދި އިޒްރޭލު ހިމެނެއެވެ. އޭރު އަހަންނަށް ގެންގުޅެވުނީ އިސްލާމްދީނާމެދު ތަންކޮޅެއް ދުރު، ބީރައްޓެހި ވިސްނުމެކެވެ. އެހެން ނަމަވެސް، އެބައިމީހުންގެ ޢަޤީދާގެ ސަބަބުން މީސްތަކުންނަށް ލިބުނު ވަރުގަދަކަން އިޙްސާސް ކުރެވުނެވެ. އަދި ދީން ބަދަލު ކޮށް އިސްލާމްދީން ގަބޫލު ކުރި މީހުންގެ ހިތްވަރާ މެދު ވިސްނެން ފެށިއެވެ. އެމީހުންނަށް ލިބިފައިވާ ހިތްވަރާއި ހިތްހަމަޖެހުމާއި ދުނިޔެއާމެދު އެބައިމީހުން ދެކޭގޮތާއި އަހަރެން ދުނިޔެއާމެދު ވިސްނަމުން އައި ގޮތް ތަފާތެވެ.

2001 ވަނައަހަރު އަހަރެން ސޫދާނުގެ މީހަކާ ކައިވެނި ކުރީމެވެ. އެއާއިލާއަކީ މާބޮޑަށް ދީނީ އަޅުކަންތަކާއިގެން އުޅެމުން އައި ބައެއް ނޫނެވެ. އަހަރެމެން ކައިވެނި ކޮށްގެން އުޅެމުން އައީ ހުޅަނގުގެ ލައިފް ސްޓައިލަކަށެވެ. ބާތަކަށާއި ކްލަބްތަކަށް ގޮސް މަޖާކުރުމުގައެވެ. އެކަމަކު ހަމައެދުވަސްކޮޅު އަހަރެން އަރަބި ކޯހެއް ހަދަން ފަށައިފީމެވެ. އަދި ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ ކިޔަންފަށައިފީމެވެ. 

ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ ކިޔަން ފެށުމުން އަހަންނަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ފެށުމެއް އަދި ނިމުމެއް ނުވާ ކަލަކުވާކަމެވެ. އެއްވެސް މީހަކަު އިސްލާމްދީން ގަބޫލު ކުރުމަށް އަހަރެން ގާތަކު ނުބުނެއެވެ. އަހަރެން ބެލީ ކީރިތި ގުރުއާނެވެ. އެފޮތުގައި ހުރިހާ އެއްޗެއް ވެއެވެ. އަހަންނަށް ޝައިހަކު ކިޔައިދޭން އޭރަކު ބޭނުމެއް ނުވެއެވެ. އަދި އަޅުކަން ކުރުމަށް ވަކި ހާއްސަ ތަނެއްވެސް ބޭނުމެއް ނުވެއެވެ. 

ދެން އަހަރެން ވިސްނާލީ މުސްލިމުން ކުރާ އަޅުކަންކަމަށެވެ. އަހަންނަށް ނުކުރެވި ހުރި ކަންކަމެވެ. އަހަރެން ވިސްނާލިއިރު އެއީ ރީތި ކަންކަމެވެ. ނަމޫނާއަކަށްވެސް ކުރަން ރަނގަޅު ކަންކަމެވެ. ނަމާދު ކުރުމެވެ. ޒަކާތް ދިނުމެވެ. ސާފުތާހީރު ވެގެން ތިބުމެވެ. އެހިސާބުން މުސްލިމުންނާމެދު ހުޅަނގުގެ ގައުމުތަކުން ދެކޭ ގޮތާމެދު ނަފްރަތު އުފެދުނެވެ. މުސްލިމުންނަކީ ނަފްސު ތާހިރު ކުރާ ބައެކެވެ. އެހެން މީހުންގެ ޒާތީ ކަންކަމާ އުޅޭ ބައެއް ނޫނެވެ. 

ހިތުގައި އަމިއްލަ ނަފްސަކަށް މުސްލިމެއްގެ ގޮތުގައި ނިންމައި އަގީދާ ވަރުގަދަ ކުރީމެވެ. ނަމަވެސް އެކަން މީހުނަށް ދައްކަން ޖެހޭ ފަދަ އިހުސާސެއް ނުކުރެވެއެވެ. އާއިލާއާއި ރަހްމަތްތެރީންނާ އޮންނަގުޅުމަށް ހީނަރުކަން އަންނާތީ އަހަރެންގެ އެއްބައި އެކަމަށް ވިސަނަން ފެށިއެވެ.  އެއަށް ވުރެ ބޮޑުވީ މުޖުތަމައު އިން ކުރިމަތިވި ކަންކަމެވެ. ބުރުގާ އެޅުމުގެ ސަބަބުން އަހަރެން މުޖުތަމައުއިން ބާކީ ކޮށްލިއެވެ. 

އެހެންނަމަވެސްއަހަރެން ބުރުގާ ނާޅަންޏާ އަމިއްލަ ނަފްސަށް ތެދުވެރި ނުވާ ކަމުގެ އިހުސާސް ކުރެވެން ފެށި އެވެ. އަދި ބުރުގާ އެޅުމުގެ ސަބަބުން އަހަންނަށް ހިނިތުންވުން ގެނެސްދެއެވެ. އަހަރެން މަގުމައްޗަށް ނުކުމެ އުޅޭއިރު ބުރުގާ އަޅާތީ ދިމާކުރުން އިތުރުވިއެވެ. ކެންސަރު ޖެހުނީތޯވެސް ބައެއްމީހުން ސުވާލުކުރިއެވެ. އެކަމަކު އަހަންނާ ﷲއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނާތީ އަހަރެން ހުންނަނީ ހިތްހަމަޖެހިފައެވެ. ދިމާކުރުން އިތުރުވި ވަރަކަށް އެކަލާނގެއާ އަހަރެންނާ އޮންނަ ގުޅުންވެސް ވަނީ އިތުރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް