ads
ސޮސެޖު
ސޮސެޖުތަކެއް ވަގަށް ނެގި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖޫރިމަނާ ކޮށްފި
ސުޕަ މާކެޓަކުން ސޮސެޖުތަކެއް ވަގަށް ނެގި، ސްވިޑެންގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖޫރިމަނާ ކޮށްފިއެވެ.

ސްވިޑެންގެ ނޫސްތަކުގައި ކޮށްފައިވާ ރިޕޯޓްތަކުގައި ބުނެފައިވަނީ، ޖޫރިމަނާ ކޮށްފައިވަނީ، އެގައުމުގެ ސުޕްރީމް ކޯޓުގެ ދެވަނައަށް އެންމެ އިސް ފަނޑިޔާރު، އުމުރުން 67 އަހަރުގެ އޭން-ކްރިސްޓީން ލިންޑެބްލާޑް ކަމަށެވެ. 

މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެގައުމުގެ ސުޕަ މާކެޓަކުން އޭނާ ސޮސެޖުތައް ވަގަށް ނަގަން އުޅުނު މައްސަލައިގައި އޭނާ ހައްޔަރު ކުރިނަމަވެސް އެ ދުވަހު އޭނާ ވަނޫ ދޫކޮށްލާފައެވެ. އެހެން ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އޭނާ ވަނީ ފެބްރުއަރީ މަހު އިސްތިއުފާ ދީފައެވެ. 

މި މައްސަލައާއި ގުޅިގެން މީގެ ކުރިން އެގައުމުގެ ފުލުހުން ބުނީ، އޭން-ކްރިސްޓީން ލިންޑެބްލާޑް ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ސުޕަ މާކެޓުން ސޮސެޖު ތަކަކާއި، މީޓް ބޯލް ތަކެއް ވަގަށް އޭނާގެ ދަބަހަށް ލާން މަސައްކަތް ކުރިތަން އެތަނުގައި ހުރި ސީސީޓީވީ ކެމެރާތަކުން ފެންނަން ހުރި ކަމަށެވެ. އަދި ފުރަތަމަ އޭނާ ހައްޔަރު ކުރަން އުޅުމުން މަގާމުގެ ނުފޫޒު ބޭނުން ކުރަން އުޅުނު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލައާއި ގުޅިގެން އެގައުމުގެ ދަށު ކޯޓުން އިއްޔެ ހުކުމް ކުރަމުން ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވެހުރެ ސުޕަ މާކެޓަކުން ވައްކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދިނުމުން ކުރި ކުށް ނުކުރާ ކަމަށް ނުވާނެ ކަމަށެވެ. އެހެން ކަމުން 5400 ޑޮލަރު ތިން ދުވަސްތެރޭ ޖޫރިމަނާގެ ގޮތުގައި ދައްކަން ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް