ads
ކިންގް ސަލްމާން މިސްކިތް
ސަލްމާން މިސްކިތުގައި އަނދިރީގައި ނަމާދު ކުރަން ޖެހިއްޖެ
އަނދިރީގައި ނަމާދު ކުރަން ޖެހުނީ ކަރަންޓް ދޭނެ މުވައްޒަފަކަށް ނުދެވިގެން: މިނިސްޓްރީ
އިއްޔެ ނުރަސްމީކޮށް ހުޅުވި ކިންގް ސަލްމާން މިސްކިތުގައި އަނދިރީގައި ރޭ ފަތިސް ނަމާދު ކުރަން ޖެހިއްޖެ އެވެ.
Advertisement

ރޭގެ ފަތިސް ނަމާދު ކުރަން ސަލްމާން މިސްކިތައް ދިޔަ އެތައް ބަޔަކު ނަމާދު ކުރަން ޖެހުނީ އެއްވެސް އަލިކަމެއް ނެތިއެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކު ވަނީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ޝުއޫރު ފާޅުކޮށްފައެވެ. 

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް "ސީއެންއެމް" އަށް ވިދާޅުވީ، ސަލްމާން މިސްކިތުގައި ރޭ ފަތިސް ނަމާދު ކުރި އިރު ކަރަންޓު ނެތީ ކަރަންޓުދިނުމުގެ ކަންކަން ކުރުމަށް ހަމަޖައްސާފައި ހުރި މުވައްޒަފަށް އެތަނަށް ނުދެވުމުން ކަމަށެވެ. 

އަދި އެތަނުގައި ސިސްޓަމަކަށް މައްސަލަ ނުޖެހޭ ކަމަށްވެސް އަފްރާހް ވަނީ ވިދާޅުވެފައެވެ.

ސަލްމާން މިސްކިތުގައި ރޭ ފަތިސް ނަމާދު ކުރިއިރު ކަރަންޓު ނެތް އިރު މީގެ ކުރިން އިސްލާމީ މަރުކަޒުގެ އިމާމުންގެ ޑިއުޓީ ޝެޑިއުލްއަށް ގެނައި ބަދަލަކާއި ގުޅިގެން އެރޭގެ ފަތިސް ނަމާދު މަރުކަޒުގައި ގޮވާފައި ނުވެއެވެ. 

ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް އެ ތަނުގައި އަންނަ ރޯދައަށް ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކުރީ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. އެގޮތުން އިއްޔެގެ ހުކުރު ނަމާދާއި އެކު އެ މިސްކިތުގައި ނަމާދު ކުރަން ފެށިއިރު މާލެ ސަރަހައްދުގެ ގިނަ ބަޔަކު އިއްޔެ ހުކުރު ނަމާދު ކުރީ އެ މިސްކިތުގައި ކަން ފާހަގަ ކޮށްލެވެއެވެ.  

38%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
46%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް