ads
ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަލައިކާ އަރޯރާ
މަލައިކާ އަރޯރާ އަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަލައިކާ އަރޯރާ އިން ކާރާއި އިތުރު ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް މަލައިކާ ހޮސްޕިޓަލުގައި އެޑުމިޓުކޮށްފިއެވެ.
Advertisement

މަލައިކާ ދުއްވަން އިން ކާރު އެކްސިޑެންޓުވީ، ކުރި މަތިން ދިޔަ ސައިކަލެއް ކުއްލިއަކަށް ބުރަކި ޖެއްސުމުން މަލައިކާގެ ކާރަށް ވުރެ ކުރީގައި ފަތުރުވެރިން ގޮވައިގެން ދަތުރު ކުރަމުންދިޔަ ކާރު ކުއްލިއަކަށް ބުރަކި ޖެއްސުމުންނެވެ. އޭގެ ސަބަބުން މަލައިކާ އިން ކާރާއި، ފަހަތުން އައި ކާރު ވެސް ކޮންޓްރޯލް ނުވެ އެކަތި އަނެކަތީގައި ޖެހުނީއެވެ. 

މިކަމާއި ގުޅިގެން އިންޑިއާގެ ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގުމަށް މެދުވެރިވީ ސައިކަލެއްގެ ސަބަބުން ކަމަށާއި، އެ ސައިކަލު އެތަނުގައި މަޑުނުކޮށް ފިލާފައި ވާކަމަށެވެ. 

މި އެކްސިޑެންޓުގެ ސަބަބުން މަލައިކާއަށް އެކިވަރުގެ އަނިޔާތައް ވެފައި ވާއިރު، އޭނާ އަށް އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށާއި، ސައިކަލް ދުއްވަން އިން މީހާ ހޯދާނެ ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ. 

59%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް