ads
ރިސޯޓް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފަކަށް ވެކްސިން ދެނީ -- ފޮޓޯ: އަވަސް
ރިސޯޓްތަކުން ބޫސްޓާ ޑޯޒް ޖެހީ 66 އިންސައްތަ މުވައްޒަފުން!
ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އިން ދިފާއުވުމަށް ރިސޯޓްތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައި ވަނީ 66.9 އިންސައްތަ މުވައްޒަފުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސް ހިސާބްތައް ދައްކާ ގޮތުގައި ނިމިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް މުވައްޒަފުންގެ ތެރެއިން ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައި ވަނީ 66.9 އިންސައްތަ މުވައްޒަފުން ކަމަށެވެ. 

މީގެއިތުރުން ނިމިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް މުވައްޒަފުންގެ ތެރެއިން 99.9 އިންސައްތަ މުވައްޒަފުން ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 97.7 އިންސައްތަ މުވައްޒަފުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. 

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެއާޕޯޓްގައި މަސައްކަތް ކުރަމުން އަންނަ ރިސޯޓްތަކުގެ ރެޕުންނަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޫސްޓާ ޑޯޒް ޖެހޭނެ ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. 

ރާއްޖޭގައި މަސައްކަތް ކުރާ ރިސޯޓް މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެގޮތުން އެންމެ އިސްކަމެއް ދީގެން ވެކްސިން ޖަހައިދެމުން އަންނަނީ ފަތުރުވެރިންނާ ގާތުން ހިދުމަތްދޭ މުވައްޒަފުންނަށެވެ.  

ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރަމުން އަންނަ 152 ރިސޯޓެއްގައި 41،431 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް