ads
އެމްޑަބްލިއުއެސްސީން ކުރިޔަށްގެންދާ ފެނުގެ ޕްރޮޖެކްޓެއް -- ފޮޓޯ: އެމްޑަބްލިއުއެސްސީ
34 ރަށެއްގައި ފެނާއި، ނަރުދަމާގެ ނިޒާމް އަންނަނީ ގާއިމްކުރަމުން: އެމްޑަބްލިއުއެސްސީ
ފެނާއި، ނަރުދަމާގެ ނިޒާމް 34 ރަށެއްގައި މިހާރުވެސް ގާއިމް ކުރަމުން އަންނަ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، އެ ކުންފުންޏަކީ މިހާރު ރާއްޖޭގައި އޮތް ފެނާއި، ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުނިކަމަށާއި، ވޭތުވެދިޔަ 27 އަހަރު ތެރޭގައި އެ ދާއިރާއިން ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. 

އެމްޑަބްލިއުއެސްސީން އެކި އެކި ރޮނގުތަކުން ގިނަ ކުރި އެރުންތަކެއް ހޯދަމުން އަންނަ ކަމަށާއި، މިގޮތުން، ވޯޓާ ސެކިއުރިޓީ އާއި، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ކެޕޭސިޓީ އާއި، މުވައްޒަފުންގެ އަދަދާއި، މީހުން ބިނާ ކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމްކުރުމާއި، އިންފްރާސްޓްރަކްޗާތައް ބިނާކުރުމާއި، ކުންފުނީގެ ހިންގުމާއި، ހިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމުގައި އައިސްފައިވާ ކުރި އެރުންތައް އެ ކުންފުނިން ފާހަގަކުރެއެވެ. 

މާލޭ ސަރަހައްދުގެ އިތުރުން ކ.މާފުށި، ހދ.ކުޅުދުއްފުށި އަދި ރ.ދުވާފަރުގައި އެމްޑަބްލިއުއެސްސީން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު، ރ.ދުވާފަރުގައި ކަރަންޓުގެ ހިދުމަތާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ ޢިދުމަތާއި، އަދި މަސްވެރީންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތްވެސް ދަނީ ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީ އުފެދިގެން އައިސްފައިވަނީ ފެނާއި ނަރުދަމާއަށް ހާއްސަ ކުންފުންޏެއް ގޮތުގައި ނަމަވެސް، މިހާރު އެ ކުންފުނި އިންޖީނިއަރިން، ޓްރޭޑިން އަދި މެނުފެކްޗަރިންގެ ދާއިރާއަށްވެސް ހާއްސަކަން ފާހަގަކޮށްލެވެއެވެ.

އެމްޑަބްލިއުއެސްސީއަކީ ދިވެހީންގެ ސިއްހީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހީންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަހުރުވެރި ކާމިޔާބު ކުންފުންޏަކަށް ވާއިރު، އެމްޑަބްލިއުއެސްސީގެ ތަސައްވަރާއި އަމާޒު އަބަދުވެސް ބިނާވެފައި އޮންނާނީ ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތާއި، މެދު ކެނޑުމެއްނެތި، ދެމެހެއްޓެނިވި، އަދި ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު ދިވެހި މުޖުތަމައުގެ ކުރި އެރުމާއި މަންފާ އާއި ލާބައަށް ހިއްސާ ކޮށްދިނުމުގެ މައިގަނޑު އަސާސްގެ މަށްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް