ads
ގދ.ތިނަދޫ
ތިނަދޫ އައުޓްޑޯ ޖިމް ނުނިމި ލަސްވާތީ ކައުންސިލުން މަސައްކަތް ފަށައިފި
ގދ. ތިނަދޫ އައުޓްޑޯ ޖިމް ނުނިމި ލަސްތަކެއް ވެެފައިވާތީ ކައުންސިލުން އެ މަސައްކަތާ ހަވާލުވެފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ "ސިއެންއެމް" އަށް ވިދާޅުވީ މިދައުރަށް ކައުންސިލް ހޮވުނު އިރުގައި ވެސް ޔޫތު މިނިސްޓްރީގެ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން ގދ.ތިނަދޫގައި، ގާއިމްކުރާ އައުުޓްޑޯ ޖިމްގެ މަސައްކަތް ބަޔަކާ ކޮންޓެރެކްޓް އުސޫލުން ހަވާލު ކުރެވިފައިވާ ކަމަށެވެ. 

ނަަމަވެސް ނުނިމި ލަސްތަކެއް ވެފައިތީ ކައުންސިލުން އެކަމާ ހަވާލުވެ، އެ މަސައްކަތް ކުރަަން މިހާރު ނިންމާފައިވާ  ކަމަށްވެސް ސައުދު ވިދާޅު ވިއެވެ.

"އަދިވެސް ބޮޑު ބައެއް ވަނީ ނުނިމި. ގާތްގަޑަކަށް ނިމިފައި ހުރީ 10 އިންސައްތަ" ސައުދު ވިދާޅު ވިއެވެ.

ނަމަވެސް ލަމަރުކަޒީ ގާނޫނު ބުނާގޮތުން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ޖިމްގެ މަސައްކަތް ކުރުމަށް ކައުންސިލުން ހަވާލުވީ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި ޖިމުގެ މަސައްކަތް އަވަސް މުއްދަތެއްގައި ނިންމުމަށް ކައުންސިލްގެ ވިސްނުން އެބަހުރި ކަމަަށާއި، ކައުންސިލުން ބޭނުންވަނީ ޖިމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، ޒުވާނުންނަށާއި، ރައްޔިތުންނަށް ޖިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހުޅުވި، އޭގެ ބޭނުން ފަހިވެގެން ދިއުން ކަމަށް ވެސް ސައުދު ވިދާޅު ވިއެވެ.

ތިނަދޫގައި ގާއިމްކުރާ އައުޓްޑޯ ޖިމްގެ ނުނިމި ހުރި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއުލާން ކުރެވިފައިވާ ކަމަށާއި، އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ވެސް ސައުދު ވިދާޅު ވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް